Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 13:10
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ
ސިވިލް ކޯޓު ހުންނަ ޖަސްޓިސް ބިލްޑިންގ
މުހައްމަދު ޝަރުހާން
ސިވިލް ކޯޓު
ސިވިލް ކޯޓު ރިސެސްއަށް
ސިވިލް ކޯޓު ރިސެސްއަށް ގޮސްފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް
އިދާރީ މަސައްކަތާއި، ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް ކުރިއަށް ދާނެ

ސިވިލް ކޯޓު ރީސެސްއަށް ހިނގައްޖެ އެވެ. އެ ކޯޓުން ބުނީ، ސިވިލް ކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާގޮތުގެމަތިން 01 ޑިސެމްބަރު 2019 އިން 20 ޑިސެމްބަރު 2019 އަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައެވެ.

ސިވިލް ކޯޓުގެ ޤާޟީންގެ ޢާންމު މަޖިލީހުން 04 ޖަނަވަރީ 2011 މިތާރީޚުގައި ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 (ދިހައެއް) ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރ މަހުގެ ފުރަތަމަ 20 (ވިހި) ދުވަސްކަމަށްވާތީ، މިގޮތުން މިފެށޭ ޑިސެންބަރު މަހުގެ 01 ން 20 ގެ ނިޔަލަށް އެއީ ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތެކެވެ.

Advertisement

ސިވިލް ކޯޓުން ބުނީ، އެކޯޓުގެ ރިސެސްގެ މުއްދަތުގައިވެސް ކޯޓުގެ ޓާގެޓަށް ވާޞިލުވުމަށްޓަކައި ޓާގެޓްގައި ހިމެނޭ މައްސަލަތަކާއި ވަގުތީ އަމުރުގެ މައްސަލަތަކާއި ގުޅިގެން ހިންގަންޖެހޭ ޝަރީޢަތްތަކާއި އަވަސްނިޔާގެ ގޮތުގައި ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ޤާޟީ ކަނޑައަޅާ ގޮތެއްގެ މަތިން އެމައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރިސެސްގެ މުއްދަތުގައި ޢާންމުގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި ނިމިފައިވާ މައްސަލަތަކުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުމާއި ކުރިއަށް ނިންމަންހުރި މައްސަލަތައް ދިރާސާކޮށް ޝަރީޢަތް ނިންމަން ފެންނަ ގޮތުގެ ރިޕޯޓުތައް އެކަށައަޅައި ތައްޔާރުކުރުމާއި އަދި ކޯޓުގެ އިދާރީ ޚިދުމަތްތަކާއިބެހޭ އެންމެހާ މަސައްކަތްތަކެވެ. މިގޮތުން ކޯޓުގެ މިމަސައްކަތްތައް ކުރުން އިދާރީގޮތުން ރިސެސްގެ މުއްދަތުގައިވެސް ހުއްޓުމެއްނެތި ކުރިއަށް ދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް