Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 13:41
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ޔޫސުފް ސޮފްވާން ރަޝީދު
ފެނަކަ ކޯޕަރޭޝަން
ވައްކަމުން ކުންފުނި ސަލާމަތްކޮށް، 23 މިލިއަން ރުފިޔާ ސަލާމަތްކުރެވިއްޖެ: ސައީދު
ކޮރަޕްޝަން ހުއްޓުވުމަށް ކެނޑިނޭޅި އަދިވެސް މިދަނީ މަސައްކަތްކުރަމުން

ފާއިތުވެގެންދިޔަ 8 މަސް ދުވަހުގެ ތެރޭގައި ކުރި މަސައްކަތަކީ ކުންފުނި ވައްކަމާއި ކޮރަޕްޝަނުން ސަލާމާތްކުރުންކަމަށާއި މިހާތަނަށް 23 މިލިއަން ރުފިޔާ ސަލާމަތްކުރެވިއްޖެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އިންޖީނިއަރުންގެ މަހާސިންތާ 2019 ގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައޭ ބުނުމުން، ރައްޔިތުން ވަރަށް ގިނަ ޝުއޫރުތަށް ފާޅުކުރަމުން ދާކަމަށާއި ފާއިތުވެގެންދިޔަ 8 މުސްދުވަހުގެ ތެރޭގައި ރައްޔިތުންގެ އިތުބާރު އަލުން އަނބުރައި ހޯދުމަށްޓަކަޔާއި، ވިރާނާ ވެފައިވާ ފޭރާމުން ސަލާމަތްވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި އެކަމުގެ ނަތީޖާވެސް ފެންނަމުން ދާކަމަށެވެ. އެގޮތުން ފާއިތުވެގެންދިޔަ ދެ ކުއާރޓާގައިވެސް ގެއްލުމާއި ފައިދާގެ ގޮތުގައި ބަލަންޖެހޭ މިންގަޑުން މިނެކިރިއިރު، ކުންފުންޏަށް ފައިދާވަމުން އަންނަކަން ސައީދު ވަނި އުފަލާއެކު ފާހަގަކުރައްވާފައެވެ.

Advertisement

މަހާސިންތާގައި އިތުރަށް ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، މިހާތަނަށް ކުރި މަސައްކަތުން ވައްކަމާއި ކޮރަޕްޝަން ހުއްޓުވައިގެންވެސް 23 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

އަޅުގަނޑުމެން ކުރަން ފެއްޓިކަމަކީ އަޅުގަނޑުމެން މިހާތަނަށް ފަނިނޭސް މިނިސްތްރީން ލޯނެއްވެސް ނުނަގަން، އަދި އެހެން ތަނަކުން އެހެން ފައިސާއެއްވެސް ނުގެންނަން. އަޅުގަނޑުމެން މިހާތަނަށް ކުރި ކަމަކީ ވައްކަމުން ކުންފުނި ސަލާމަތްކުރުން. ނަތީޖާއަކީ މިދިޔަ އޮކްޓޯބަރު މަހާ ހަމަޔަށް 23 މިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ސަލާމަތްކުރެވުނު. ހަމައެކަނި އިސްރާފާއި ވައްކަން ހުއްޓުވުނީތީވެ. އެއީ މިއަދު ފެނަކައަށް ލިބުނު ކުރިއެރުމަކީ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު

ސައިދު ވަނީ ރައްޔިތުންގެ ކިބައިން ފެނަކަ ކޯޕަރޭޝަނާއި ދޭތެރޭ ދެކޭގޮތް ބަދަލުކުރެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ފެނަކަ ކޯޕަރޭޝަނަކީ ވަރަށް ދެފުށްފެންނަ ގޮތަށް ކުރިޔަށްދާ ކުންފުންޏެއްކަމަށާއި ކުންފުނި ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް އެއްވެސް ރައްޔިތަކަށް ފާހަގަކުރެވޭކަމުގައިވާނަމަ އެކަން އެންގެވުމަށް ސައީދު ވަނީ އެދިލައްވާފައެވެ.

ސައީދު ވިދާލުވީ ފެނަކަ ކުންފުނިން ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި އިންޖީނުގެތަށް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް މަޝްރޫއުތަށް ފެށި އެކި ރަށްރަށަށް ދިމާވެފައިވާ ވޯޓޭޖް ރޯޕްވުން ފަދަ ކަންތައްތައް ހައްލުކުރެވިފައިވާނެކަމަށާއި 2020 ވަނަ އަހަރު ގިނަ ރަށްރަށުގެ ނެޓްވޯކް އާވެގެންދާނެކަމަށެވެ.

މާޒީގެ ސޮފްހާތަކަށް އަޅިއަޅުއްވައިލައްވަމުން ސައީދު ވިދާޅުވީ، މުޅި ދިވެހިރާއްޖޭގެ 2008 ވަނަ އަހަރާއި ހަމަޔަށް ކަރަންޓު ހައްގުވީ 28 ރަށެއްގެ ރައްޔިތުންނަށް ކަމަށާއި އެކަންތައް ބަދަލުކުރައްވައި ގިނަ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ދަތިތަށް އޮޅުން ފިއްލުވައި އެކަންތައްތައް ބަދަލުކުރެއްވި ބާނީ އަކީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުކަން ފާހަގަކޮށްލަންޖެހޭކަމަށެވެ. ކަރަންޓުގެ މައްސަލައަށް ހައްލު ގެނެސްދިނުމަށްޓަކައި އެއިރު ހުރި މަގާމުގައި ހުންނަވައިގެން ރަށްތަކަށް ދިޔުމުން ދިމާވި ގޮންޖެހުންތަށް މަހާސިންތާގެ ބައިވެރިންނާއި ހިއްސާކުރައްވަމުން ސައީދު ވިދާޅުވީ، ރައްޔިތުންނަށް އެއިރު ގެންނަށް އުޅުނު ތަރައްގީ ވިސްނަން އުނދަގޫވިކަމަށެވެ.

އިންޖީނިއަރިންގް މަހާސިންތާގައި ބައިވެރިވެފައިވަނީ ފެނަކަ ކޯޕަރޭޝަންގެ އެކި އެކި ގޮފިތަކުގައި ރެޔާ ދުވާލު މަސައްކަތް ކުރައްވާ ކުންފުނީގެ ހީވާގި މުވައްޒަފުންކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ މި މަހާސިންތާގެ ސަބަބުން މުވައްޒަފުންނަށް ދިމާވާ ދަތިތަށް ހައްލުކުރުމަށްޓަކައި މަޝްވަރާކޮށް އެއްމޭޒެއްގައި ތިބެ ހައްލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އެންމެ ފުރަތަމަވެސް މަސައްކަތްކުރެއްވީ މުވައްޒަފުންނަށް ހައްގު މިންވަރު ހޯދައިދިނުންކަމަށާއި އެގޮތުން ހީވާގި ކަމަށް ގާބިލް މުވައްޒަފުންނަށް ޕްރޮމޯޝަނާއި މުސާރައިގެ ކުރިއެރުން ދެވިފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ. މީގެއިތުރުން، 2020 ވަނަ އަހަރު މުވަައްޒަފުންނަށް އަނެއްކާވެސް ރިސްކް އެލަވަންސް ތައާރަފް ކުރެވިގެންދާނެކަމަށް މެނޭޖިންގް ޑިރެކްޓަރ ވަނީ އިއުލާނުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް