Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 12:13
ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަށް އެދޭ ފޯމް ދޫކުރުން ކުރިއަށް ދަނީ
ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަށް އެދޭ ފޯމް ދޫކުރުން ކުރިއަށް ދަނީ
މާލެ ސިޓީ ކައުންސިލް
ދަތުރުވެރިންގެ މާރުކޭޓް
ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަށް އެދޭ ފޯމް ދޫކުރަންފަށައިފި
ފޯމް ދޫކުރުން މިމަހުގެ 19 ގެ ނިޔަލަށް ކުރިއަށް ދާނެ
ފޯމް ދޫކުރުން ކުރިއަށް ދަނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި

މަރާމާތުކުރަން ބަންދުކުރުމަށް ފަހު އަލުން ހުޅުވާ، ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަށް އެދޭ ފޯމް މާލޭ ސިޓީ ކައުންސިލުން ދޫކުރަން ފަށައިފިއެވެ.

ފޯމް ދޫކުރުން ކުރިއަށް ދަނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައެވެ. ފޯމް ދޫކުރުން އާދިއްތަ ދުވަހުން ފެށިގެން މިމަހުގެ 19 ވަނަ ދުވަހަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 1:00 އަށް ކުރިއަށް ދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި ފޯމް ބަލައިގަތުންވެސް މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:00 އަށް ކަމަށް ކުރިއަށް ދާނެކަމަށެވެ.

ފޯމާއެކު ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ ބެހޭ މައުލޫމާތު ޝީޓު ވެސް ލިބޭނެ ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތުދެއެވެ. ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކުގެ އަދަދު އަދި ފައިނަލް ނުކުރެވިގެން އުޅެނީ ގޮޅިތައް އިތުރުކުރުމަށް ޑިޒައިނަށް ކުޑަ ބަދަލެއް ގެންނަމުންދާތީ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެއެވެ.

Advertisement

ދަތުރުވެރިންގެ މާރުކޭޓު ޚާއްޞަކޮށްފައިވަނީ ދިވެހިން އުފެއްދުންތައް ވިއްކަން ކަމުގައިވީނަމަވެސް، މާރުކޭޓު އަލުން ހުޅުވާއިރު އިމްޕޯޓް މުދާ ވިއްކަން ބޭނުންވާނަމަ އެ ވިޔަފާރިއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްގެން އިމްޕޯޓް މުދާ ވިއްކޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ.

އަދި އަލުން ގޮޅިތައް ހުޅުވާއިރު ބިދޭސީން ގެންގުޅެވޭނީ އެ ގޮޅިއެއްގެ ވެރިފަރާތުގެ ނަން މައްޗަށް އެ ބިދޭސީ މީހާ ރަޖިސްޓްރީކުރެވިގެން އެކަނި ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް