Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 09:18
ވިއްސާރަ ވެހުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވެފައި
ވިއްސާރަ ވެހުމުގެ ސަބަބުން މަގުމަތީގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާރޓް ނެރެފި
ޔެލޯ އެލާރޓް ނެރެފައިވަނީ ހދ. އިން ފެށިގެން ނ. އަތޮޅަށް
އެލާރޓް ނެރެފައިވަނީ 8:10 އިން 12:00 އަށް

ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާރޓް ނެރެފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު 8:10 އިން 12:00 އަށް މެޓް އޮފީހުން ޔެލޯ އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ނ. އަތޮޅުގެ ރަށްތަކަށެވެ.

ކުރިއަށް އޮތް 24 ގަޑިއރަށް އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ. މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.

ވައިޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާޢި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

Advertisement

މެޓް އޮފީހުން ބުނީ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެ، މެދުތެރެއާއި އުތުރުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ.

ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް