Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 08:45
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
މިނިސްޓްރީ އޮފް ޓޫރިޒަމް
ޓުއަރިޒަމް މިނިސްޓްރީ
މިނިސްޓަރ އަލީ ވަހީދު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
މި ސިލްސިލާގެ ދަތުރުތަކުގެ ތެރެއިން އަލީ ވަހީދު ވަނީ ނ އަތޮޅަށާއި ރ އަތޮޅަށް ވަޑައިގެންފަ
މި ބައްދަލުވުންތަކުގައި ފަތުރުވެރިކަމާއި ގުޅޭ މަހާސިންތާއެއް ކުރިއަށް ގެންގޮސްފައިވޭ

ރާއްޖޭގައި ފަތުރުވެރިކަން ތަރައްގީކޮށް، ކުރިއެރުވުމަށްޓަކައި އެ އަތޮޅުތަކުގައި ހުރި ގޮންޖެހުންތަކާއި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަތުމުގެ ބޭނުމުގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ޅ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މިނިސްޓަރ ކުރައްވާ ރަސްމީ ދަތުރުތަކުގެ ސިލްސިލާގެ ދަށުން ވަނީ ނ އަތޮޅަށާއި ރ އަތޮޅަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މ،ރ،ޅ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި ރިސޯޓުތައް އަދި ގެސްޓްހައުސްތަކާއެކު ފަތުރުވެރިކަމުގެ މަސްލަހަތުވެރިންނާއި މުޖުތަމައުތައް ގުޅުވައިދިނުމުގެ މަހާސިންތާގެ ނަމުގައި އެއް ދުވަހުގެ ބައްދަލުވުމެއް ބާއްވާ ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކޮށްފައިވެއެވެ.

Advertisement

ޓުއަރިޒަމް މިނިސްޓްރީއިން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރ ކުރައްވާ މި ދަތުރުތަކުގެ މަގުސަދުތަކަކީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރު ކުރެވޭނެ ގޮތްތައް ހޯދައިދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން އަތޮޅުގެ އާއްމު ރައްޔިތުންނަށް ހުރި އެހެނިހެން ފުރުސަތުތައް އިތުރުކުރުމެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން "ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ" ގެ ދަށުން އަތޮޅަށް ލިބެން ޖެހޭ ފައިދާތައް އިތުރުކުރުންވެސް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް