Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 00:01
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
މުހައްމަދު ޝަރުހާން
އަދުރޭ
އަދުރޭ ފުލުސް އޮފީހަށް ހާޒިރުކޮށް، ބަޔާން ނަގައިފި
ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ޑީޖޭއޭ އިން ހުށަހެޅި މައްސަލައަކާ ގުޅިގެން
އަދުރޭގެ މައްޗަށް ކުރަނީ ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ތުހުމަތު

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.

އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ހޮނިހިރު ދުވަހުގެރޭ 8:00 ގައި ފުލުސް އޮފީހަށް ހާޒިރުކުރި އިރު، ބަޔާން ނެގުމަށްފަހު ފުލުހުން ވަނީ އޭނާ ފޮނުވާލައިފައެވެ.

Advertisement

އޭނާގެ މައްސަލަ ޑީޖޭއޭއިން ފުލުހަށް ހުށަހެޅީ ކޯޓުގެ ހުރުމަށް ކެނޑުމުގެ މައްސަލައެއްގެ ގޮތުގައެވެ. އެގޮތުން ފުލުހުން ބަލަމުން ދަނީ ޔާމީނުގެ މައްސަލަ ބެއްލެވި ފަނޑުޔާރުންގެ ބެންޗުގައި ހިމެނޭ ކްރިމިނަލް ކޯޓުގެ ފަސް ގާޒީން ޖަލަށް ލާނެކަމަށް ވިދާޅުވި މައްސަލައެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވަނީ އޭނާ ފަނޑިޔާރުންނަށް އިންޒާރު ނުދެއްވާ ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
1 ޑިސެންބަރ 2019 | އާދީއްތަ 10:12
ރޮނޑާ
ވާ ވާ. ނޫނޭ ކަލޭ ގަދަ. ތިހިރީ ޔާމީން ހެދިފަ؟ ހެވިފަ. ޔާމީން ޖަލައް ފޮނުވައިގެން ހާދަހާ އުފަލުން ތި އުޅެނީ..