Advertisement
ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 17:58
ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގައުމީ ހަރަކާތެއް ބާއްވަނީ
ރާއްޖޭގެ ހުރިހާ ދާއިރާއެއް ތަމްސީލް ކުރާނެ
ކޮންމެ ދާއިރާއަކުން މަންދޫބުން ކަނޑައަޅާނެ
ހުކުރު ދުވަހުގެ ރޭ ކާނިވާގައި ބޮޑު މުޒާހަރާއެއް ބާއްވާނެ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ގައުމީ ހަރަކާތްތަކެއް ނުވަތަ ބޮޑު މުޒާހަރާއެއް ބާއްވަން ނިންމާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލްގެ ބައްދަލުވުމެއް ބޭއްވި ކަމަށާއި، ވަރަށް މުހިންމު ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ.

Advertisement

އެގޮތުން ބުދަ ދުވަހުގެ ރޭ ގައުމީ ހަރަކާތެއް ނުވަތަ ބޮޑު މުޒާރަހާއެއް ބާއްވަން ނިންމާފައިވާ ކަމަށާއި، މިގައުމީ ހަރަކާތް ބާއްވަނީ ރާއްޖޭގެ ހުރިހާ ދާއިރާއެއް ތަމްސީލްވާ ގޮތަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭގައި ތަމްސީލް ކުރާނެ މުޅި ރާއްޖެ. ކޮންމެ ދާއިރާއަކުން މަންދޫބަކު އަޅުގަނޑުމެންގެ މިހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ. މުޅި ރާއްޖޭގެ ބަހެއް މީގަ އޮންނާނެ. ރާއްޖޭގެ ރައްޔިތުން ޝުއޫރު މިކަމުގަ ހުރި ގޮތް ރައްޔިތުންނަށް ހާމަކޮށްދޭނެ. މާނައަކީ މިސާލަކަށް އދ.މަހިބަދޫގަ ތިއްބެވި ޕީޕީއެމްގެ ރައްޔިތުން ޝުއޫރު އަޅުގަނޑުމެންގެ މިގައުމީ ހަރަކާތުގަ ފާޅުކޮށްދެއްވާނީ އެދާއިރާ ތަމްސީލްކޮށްދެއްވާ މަންދޫބު. މިއަންނަ ބުދަ ދުވަހުގެ ރޭ މިހަރަކާތް ކުރިއަށް ދާނެ.
އަބްދުއްރަހީމް- ޕީއެންސީގެ ރައީސް

އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ރެއަކު ސަރުކާރާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ސިލްސިލާ މުޒާހަރާ ކުރިއަށްދާނެ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް