Advertisement
ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 17:56
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފް ކޮށްފި
ހުކުމް ފަސް ކުރުމުގެ އަމުރަކަށް ވަނީ އެދިފައި
ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ވެސް ވަނީ އެދިފައި
ޔާމީނުގެ މައްޗަށް އިއްވާފައިވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

ހޮނިހިރު ދުވަހު ޕީޕީއެމް/ޕީއެންސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހޮނިހިރު ދުވަހު އިސްތިއުނާފް ކޮށްފައިވާ ކަމަށާއި، އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިމައްސަލަ އިސްތިއުނާފް ކުރިއިރު އިތުރު ދެކަމަކަށް އެދިފައިވާ ކަމަށެވެ.

އެއީ ރައީސް ޔާމީނަށް ކުރެވިފައިވާ ހުކުމް ފަސް ކުރުމުގެ އަމުރަކަށް އެދުމާއި، ކަފާލާތުގެ ދަށުން އެމަނިކުފާނު ދޫކޮށްލުމަށް އެދިފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

Advertisement

ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ 5 އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކުރީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ދައުލަތަށް ދައްކަންޖެހޭ 5 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި މިހުކުމުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ ހުށަހެޅި ހެކިތަކާއި، ހެކިވެރިން ހެކިބަހުން ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެފައިވާކަމަށެވެ. މައްސަލަ ބަލާ ފަސް ގާޒީން ދިރާސާކޮށް ބަހުސްކޮށް 5 ގާޒީންނަށް އިއްތިފާގުވެވިފައިވަނީ 8 ކަމަކަށް ރިއާޔަތްކޮށް ކުށް ސާބިތުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް