Advertisement
ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 14:46
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކޮމިޝަން
ފަނޑިޔާރު ކަމަށާއި ޕީޖީގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންނަށް ޕާޓީއެއްގައި ވޭތޯ ބަލާ ފޯމް ދޫކުރުން!
މިއަދު 18:00އާ ހަމައަށް ކުރިއަށްދާނެ
ސިޔާސީ ޕާޓީއެއްގައި ވޭތޯ ބަލާ ފޯމް

ފަނޑިޔާރު ކަމުގެ މަޤާމަށާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން ފުރަންޖެހޭ ފޯމު ދޫކުރުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އާ ހަމައަށް ކުރިއަށް ގެންދާ ގޮތަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ފަނޑިޔާރު ކަމުގެ މަޤާމަށާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން ހޯދަންޖެހޭ ލިޔުން ދޫކުރުން އަވަސް ކޮށްދިނުމުގެ ގޮތުން ހޮނިހިރު ދުވަހުގެ 12:00 އިން ފެށިގެން އިރުއޮއްސި 18:00އާ ހަމައަށް އިލެކްޝަންސް ކޮމިޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.

ފަނޑިޔާރު ކަމުގެ މަޤާމަށާއި، ޕީޖީގެ މަޤާމަށް އަދި ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ބައެއް މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުން ފުރަންޖެހޭ ފޯމަކީ، އެމީހަކު ސިޔާސީ ޕާޓީއެއްގައި އުޅޭކަން ނުވަތަ ނޫންކަން ހާމަ ކުރުމުގެ ގޮތުން ފުރަންޖެހޭ ފޯމެކެވެ.

Advertisement

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ ބައެއް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އިޢުލާން ކޮށްފަ އެވެ. އަދި ރައީސް އޮފީހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހޯދުމަށް އިޢުލާން ކުރައްވާފަ އެވެ.

ކުރީގެ ޕީޖީ އާއިޝާތު ބިޝާމް އިސްތިޢުފާ ދެއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ އިސްތިޢުފާ ދެއްވީ ބޮޑެތި ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރެވި، ރައްޔިތުންގެ މަޖިލީހުން އޭނާ މަޤާމުން ވަކި ކުރުމުގެ މަސައްކަތް ކުރުމުންދަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް