Advertisement
ކ. މާލެ
|
30 ނޮވެންބަރ 2019 | ހޮނިހިރު 13:27
ރައީސް ޔާމީން
ރައީސް ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކުރާނެ: ކަރެކްޝަންސް
ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކުރެވޭނެ
ޔާމީން ވަގުތަށް ދޫކޮށްލުމަށް އިދިކޮޅު ފަރާތުން ދަނީ ގޮވަމުން
ޔާމީންގެ މައްޗަށް އިއްވާފައިވަނީ 5 އަހަރުގެ ހުކުމެއް

މަނީ ލޯންޑާރ ކުރި ކަމުގެ ކުށް ސާބިތުވެ، 5 އަހަރުގެ ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލު ކުރާނެކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ރައީސް ޔާމީން މާފުށީ ޖަލަށް މިއަދު ބަދަލުކުރާނެކަމަށާއި އެކަން ކުރުމަށް ހަމަޖެހިފައިވަނީ ކޮން ވަގުތެއްގައި ކަން އަދި ނޭނގޭކަމަށެވެ. ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރާގޮތުގައި ރައީސް ޔާމީން ޖަލަށް ބަދަލުކުރުމުގެ ކަންތައް މިވަގުތު ދަނީ ކުރަމުންނެވެ. ކަރެކްޝަނުން ވެސް ވަނީ ރައީސް ޔާމީން މާފުށީ ޖަލަށް މިއަދު ބަދަލުކުރާނެކަން ކަށަވަރުކޮށްދީފައެވެ.

Advertisement

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު ހޮނިހިރު ދުވަހު މެންދުރުކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މެޑިކަލް އެސެސްމަންޓް އަދި އެހެނިހެން އިޖުރާޢަތްތައް ފުރިހަމަވެފައި ވާތީ، ޖަލަށް ޙުކުމް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދުގެ ވަގުތެއްގައި ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މަނީ ލޯންޑަރިންގގެ ދަޢުވާ ސާބިތުވެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލައި އެމަނިކުފާނުގެ ސަޕޯޓަރުން މާލެ ޖަލު ކުރިމަތީގައި ހުކުރު ދުވަހުގެ ރޭ ވަނީ މުޒާހަރާކޮށްފައެވެ. މި މުޒާހަރާ ފުލުހުން ރޫޅާލާފައިވާއިރު، މުޒާހަރާގެ ބައިވެރިންގެ ތެރެއިން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައިވާކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯރޓް ކޮށްފައިވެއެވެ.

މުޒާހަރާގެ ވީޑިއޯތައް މީސް މީޑިއާގައި ދައުރުވަމުންދާއިރު، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ރައީސް ޔާމީނު ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ. ހުކުރު ދުވަހުގެރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖޮއިންޓް ކައުންސިލް ބައްދަލުވުމެއްގައި ވަނީ ރައީސް ޔާމީނަށް ކޮށްފައިވާ ޙުކުމް ބަލައިނުގަންނަ ކަމަށާއި، އެކަމާއި ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖްތައް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

މަނީ ލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ 5 އަހަރުގެ ޙުކުމެއް އިއްވާފައިވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޙުކުމް ތަންފީޒުކުރައްވަމުން ގެންދަވަނީ ސްޕެޝަލް ޕްރޮޓެކްޝަންގެ ދަށުން މާލޭ ޖަލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް