Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 22:14
ލަންޑަން ބްރިޖް
ލަންޑަން ބްރިޖް
ފޮކްސް
ލަންޑަން ބްރިޖް
ލަންޑަން ބުރިޖާ ދިވެހިން ކައިރިނުވާން އިލްތިމާސްކޮށްފި
ބްރިޖް މަތީގައި ވަނީ ބަޑީގެ ހަމަލާތަކެއް ފޮނުވާފައި
ބައެއް އާންމުންނަށް ވަނީ އަނިޔާވެފައި
އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ މައުލޫމާތު އަދި ނުލިބޭ

ލަންޑަން ބުރިޖާ ދިވެހިން ކައިރިނުވާން އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެންބަސީން އިލްތިމާސްކޮށްފިއެވެ.

ހުކުރު ދުވަހުގެ ލަންޑަނު ގަޑިން 13:16 ހާއިރު ބަޔަކު ވަނީ ބަޑިއާ ވަޅިފަދަ ތަކެތި ހިފައިގެން އަރައި ލަންޑަން ބުރިޖު މަތީގައި ހުރި މީހަކު ކިޑްނެޕް ކުރުމަށް މަސައްކަތް ކޮށްފައެވެ. އަދި ލަންޑަން ފުލުހުން ވަނީ އެމީހުންނާ ކުރިމަތިލާ ބަޑީގެ ހަމަލާތަކެއް ފޮނުވާފައެވެ. މިހަމަލާތަކުގައި ބްރިޖް މަތިން ދަތުރުކުރި ބައެއް އާންމުގެ ބަޔަށް ވަޒަން އަރާ އަނިޔާވެފައިވާކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

Advertisement

މިހާދިސާއާ ގުޅިގެން އެންބަސީން ބުނީ އެއްވެސް ދިވެއްސަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައިނުވާ ކަމަށާއި، ހާލަތުގެ ގޮތުން އެއްވެސް ދިވެއްސެއް ލަންޑަން ބުރިޖާއި ގާތް ނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އިތުރު މައުލޫމާތު ހޯދުމަށް 07851190546 ނަންބަރަށް ގުޅުމަށް ވެސް އެންބަސީން ވަނީ އެދިފައެވެ.

މިހާދިސާއާ ގުޅޭ ގޮތުން މެޓްރޮޕޮލިޓިއަން ޕޮލިހުން ބުނީ މިހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް