Advertisement
ކ. މާލެ
|
29 ނޮވެންބަރ 2019 | ހުކުރު 18:42
އެމްއާރްއެމްގެ ޖަލްސާއެއްގެ ތެރެއިން
އެމްއާރްއެމްގެ ޖަލްސާއެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ފަލަސުރުޚީ
ސިޔާސީ ޕާޓީއަކަށް ގިނަ މީހުން ސޮއިކުރި ނަމަވެސް އެމްއާރްއެމް ނުސިހޭނެ: އަލީމް
ޖޭޕީ ސިޔާސީ ގޮތުން ކުރިއަށްދާން މަސައްކަތް ކުރާނެ
ސަރުކާރުގެ ތެރެއަށް އަތް ބާނަން ފުރުސަތު ދޭނެ ކަމަކަށް ގަބޫލެއް ނުކުރަން
އަންހެނުން ބާރުވެރިކުރުވުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ރާއްޖޭގެ ސިޔާސީ ޕާޓީއަކަށް ކިތަންމެ ގިނަ މީހުން ސޮއިކުރި ނަމަވެސް މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް) ނުސިހޭނެ ކަމަށް އެޕާޓީގެ ސެކްރެޓްރީ ޖެރަނަލް އަބްދުލް ޢަލީމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްއަށް ތާއީދުކުރި ގިނަ ސިޔާސީ ފަރާތްތައް ޖުމްހޫރީ ޕާޓީއަށް ސޮއިކުރަމުންދާތީވެ ފާޑު ވިދާޅުވެ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީމް ވިދާޅުވީ ޖޭޕީއަކީ ސިޔާސީ ޕާޓީއެއް ކަމަށާއި، ސިޔާސީ ގޮތުން ކުރިއަށްދާން ގިނަ މަސައްކަތް ކުރާނެކަން ގަބޫލުކުރާ ކަމަށެވެ.

Advertisement

އަލީމް ވިދާޅުވީ ސިޔާސީ ގޮތުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުން ޖޭޕީން ފުރުސަތުދީ އެޕާޓީއަށް ސޮއިކުރުމަކީ މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ޖޭޕީއަކީ ސަރުކާރުގެ ކޯލިޝަންގެ ޕާޓްނަރެއް ކަމަށްވާއިރު، ސަރުކާރުގެ ކަންކަންކަމަށް އެފަދަ ފަރާތްތަކަށް ޖޭޕީ މެދުވެރިކޮށް އަތް ބޭނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފުރުސަތު އެމީހުންނަށް ޖޭޕީން ދޭނެ ކަމަށް ގަބޫލުނުރާ ކަމަށް އަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީމް ވިދާޅުވީ ޖޭޕީ ނުވަތަ އެހެން ޕާޓީއެއް ބޮޑުވެގެންދާތީ އެމްއާރްއެމްއިން ކަންބޮޑުނުވާ ކަމަށާއި، އެމްއާރްއެމްއާ ގުޅޭ ރައްޔިތުންނަކީ ފައިސާ ނުވަތަ އެއްވެސް މަޖުބޫރުކަމެއްނެތި ޕާޓީއާ ގުޅިފައި ތިބި މީހުން ކަމަށާއި، އެމީހުންނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިޔާސަތު ގަބޫލުކުރާ މީހުން ކަމަށެވެ.

އަމިއްލަ ހައިސިއްޔަތުން އެއްޗެއް ބުނާއިރު، އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެއިން އެއްވެސް ބޭފުޅަކު އެއިރު އެއަނިޔާވެރިކަމާ އެއްކޮޅަށް ވަކާލާތުކޮށް ރައްޔިތުންނަށް އެއަނިޔާދިން ބަޔަކު މަޖިލިސް ތެރޭގައި ގާނޫނާ ހިލާފަށް ގާނޫނުތަކެއް ފާސްކުރި ބަޔަކު މިސަރުކާރު ތެރޭގައި މަސައްކަތް ކުރާތަން ދެކޭކަން ބޭނުމެއް ނޫން.
ޢަލީމް- ސެކްރެޓްރީ ޖެރަނަލް

އެމްއާރްއެމްއިން އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި އެޕާޓީގެ ނައިބް ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ އެމްއާރްއެމްއަކީ އަންހެނުންނަށް ޚާއްސަކޮށް ފިރިހެނުންނާ އެއްހަމައެއްގަ މަސައްކަތްކުރެވޭނެ ގޮތަށް އަސާސީ ގަވާއިދު ލިޔެފައި އޮތް ފުރަތަމަ ޕާޓީ ކަމަށެވެ.

އެގޮތުން އެމްއާރްއެމްގެ ކައުންސިލްގައި 20 މެމްބަރުން ތިއްބަވާވާއިރު، އަންހެނުންނަށް 10 ގޮނޑި ޙާއްސަކޮށްފައިވާ ކަމަށާއި، ޕާޓީގެ އެހެން ގޮފިތަކުގައި ވެސް އަންހެނުންނަށް 50 އިންސައްތަ ދިނުމަށް ކަނޑައަޅާފައިވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

އަދި އެހެން ސިޔާސީ ޕާޓީތަކުން ވެސް އަންހެނުން ބާރުވެރިކޮށް އަންހެނުންނަށް ސިޔާސީ މައިދީނުން ފުރުސަތު ދިނުމަށް ވާހަކަ ދެކެވުނު ނަމަވެސް އަމަލީ ސިފައެއް ފެނިފައިނުވާ ކަން ނާދިރާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް