ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 19:38
ރައީސް އޮފީސް
ރައީސް އޮފީސް
އަޒުމޫން އަހުމަދު
ޕްރޮސިކިއުޓަރ ޖެނެރަލް
ޕީޖީގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު 01 ޑިސެންބަރުގައި ހަމަވާނެ
ރައީސް އޮފީހުންނާއި ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވޭނެ
ޕީޖީ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެން

ޕްރޮސިކިއުޓަރ ޖެނެރަލް މަގާމުން އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލައްވައިފިއެވެ.

ބުރާސްފަތި ދުވަހު ޕްރޮސިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާ ތާރީޚަކީ، 01 ޑިސެންބަރު 2019 ވާ އާދީއްތަ ދުވަހުގެ 14:00 ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ޕްރޮސިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޕީޖީ ބިޝަމް އިސްތިއުފާ ދެއްވާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެކަމަނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ސޯލިހު ވަނީ އެކަމަނާގެ ޚިދުމަތަށް ޝުކުރު ދަންނަވާ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މަޤާމުން އިސްތިއުފާ ދެއްވުމުގެކުރިން ބިޝާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަގާމުން ވަކިކުރަން، މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ފައްޓަވާފައިވާ އިޖުރާއަތުތަކަކީ އިހުލާސްތެރި ނިޔަތެއްގައި ކުރިއަށް ގެންދަވާ އަދި ގާނޫނުއަސާސީގެ ނައްޞާއި ރޫހާއެއްގޮތަށް ކުރިއަށް ގެންދަވާ އިޖުރާއަތުތަކެއްކަމުގައި ގަބޫލުނުކުރެވޭކަމަށެވެ.

- ކޮމެންޓް