Advertisement
ކ. މާލެ
|
28 ނޮވެންބަރ 2019 | ބުރާސްފަތި 08:49
ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން
ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން
ޔޫސުފް ސޮފްވާން ރަޝީދު
ކުރީގެ ރައީސް ޔާމީން
ދުވަސްކޮޅަކަށް ގެއްލުނު ނަމަވެސް ހިތްތަކުން ނަން ފޮހެނުލެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފި
ނަތީޖާ ނުކުންނަގޮތަކުން ހިތްދަތިކަން އާއިލާއާ ސަޕޯޓަރުންނަށް ލިބޭނެ
ޕާޓީއަށް މިނިކާ ބާޒުތަކެއް ސަވާރުވުމަށް ފުރުސަތު ނުދޭތި
އިންސާފުވެރި ޝަރީއަތެއް ނަމަ ޖަލަށްދާކަށް ނުޖެހޭނެ

ޕާޓީގެ ހަރަކާތްތަކުންނާއި، ސަޕޯޓަރުންގެ ކުރިމަތިން ކުޑަ ދުވަސްކޮޅަކަށް ގެއްލުނު ނަމަވެސް ހިތްތަކުން އެމަނިކުފާނުގެ ނަން ފޮހެނުލުމަށް ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.

ބުދަ ދުވަހުގެރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ރައީސް ޔާމީން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ޝަރީއަތުގެ ނަތީޖާ ނުކުންނަ ގޮތަކުން ހިތްދަތިކަމާއި، ގިލަންވެރިކަން އާއިލާއާ ސަޕޯޓަރުން ތަހައްމަލް ކުރާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ދުވަސްކޮޅަކަށް ރައްޔިތުންނާ ވަކިވާން ޖެހުނު ނަމަވެސް ސަޕޯޓަރުން، ޕީޕީއެމްގެ އިސްބޭފުޅުން ކުރާ ކަންކަމަށް ސަމާލުވެ، ޕާޓީގެ ހަރަކާތްތަކާއި، ބައްދަލުވުމުގައި ބައިވެރިވެ އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ. އަދި އެމަނިކުފާނު ލޯމަތީގައި ފެންނަން ނެތް ނަމަވެސް ހިތްތަކުގައި އެމަނިކުފާނާ ދޭތެރޭގައި އޮންނަ ޝުއޫރު ފުހެނުލުމަށް ވަނީ އެދިވަޑައިގެންފައެވެ.

Advertisement

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ޕާޓީއަށް މިނިކާ ބާޒުތަކެއް ސަވާރުވުމަށް ޖާގަދީގެން ނުވާނެ ކަމަށާއި، އެކަން ކުރެވޭނީ ސަޕޯޓަރުންނަށް ކަމަށެވެ.

މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެކިގޮތްގޮތުން ކުށްވެރިކޮށް އެމަނިކުފާނު ޖަލަށްލުމަށް މިސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެކަން ކުރަނީ ދީނުގެ ހައްގުގައާ ގައުމުގެ ހައްގުގައި މިކުރާ މަސައްކަތުގެ އަޑުކަނޑުވާލަން ކަމަށާއި، އިލްމުވެރިން ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ކަމަށެވެ.

ތިބޭފުޅުންނަށް އެކަން ކަށަވަރުވާ ކަމަށްވަންޏާ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގަ މިހާރު މިގެންނަ އިސްލާހުތަކާއެކު ހުރިހާ ފަޑިޔާރުންނަށް ބިރު ދައްކާ ހުރިހާ ފަނޑިޔާރުން ބޭރުކޮށް ފަނޑިޔާރުން ސަސްޕެންޑްކޮށް އަދި ފަނޑިޔާރުންގެ ކަރުގައި ދަންޖެހޭ ވަލެއް ނޫނީ ދަންޖެހުމަށްޓަކައި މަހާލާފަ އޮންނަ ދަންމަޅިއެއް ބާއްވައިގެން މިކަން ގެންދިޔަސް ކާމިޔާބެއް ނުވާނެ. ޝަރީއަތުގަ އަޅުގަނޑަށް ޔަގީން އަދުލްވެރި އިންސާފުވެރި ޝަރީއަތެއް ހިނގާފިނަމަ އިތުރަށް ދައްކާކަށް ވާހަކައެއް ނެތް. އިތުރަށް ދައްކާކަށް ހެއްކެތް ލިޔެކިޔުމެއް ނެތް. ރައީސް ޔާމީންގެ މައުސޫމްކަން މިއޮތް ބެންޗަށް ވެސް އެނގިގެންދާނެ. ނަމަވެސް މިމައްސަލައަކީ އަޅުގަނޑުމެންގެ ޕާޓީން އަޅުގަނޑުމެންގެ ގާނޫނީ ވަކީލުން ހުދު އަޅުގަނޑު ވެސް މިބެންޗާ ދޭތެރޭގައި ހިތްހަމައެއް ނުޖެހޭ. އެއީ މައްސަލަތަކެއް ހުރީމަ.
އަބްދުﷲ ޔާމީން - ކުރީގެ ރައީސް

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައުސޫމްކަން ފުރަތަމަ ސާބިތުކޮށްދޭންޖެހެނީ ޝަރީއަތުގެ މަޖިލީހަށް ނޫން ކަމަށާއި، ފުރަތަމަ ހާމަކޮށްދޭންޖެހެނީ އަމިއްލަ އާއިލާއަށްށާއި، މަސައްކަތް ކުރަމުންދާ ސިޔާސީ އާއިލާއަށް ކަމަށެވެ. އަދި އެކަންކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
28 ނޮވެންބަރ 2019 | ބުރާސްފަތި 18:33
ހީހީ
ރައީސް ނަޝީދު ޖަލަށް ލީއިރު ސަޕޯޓަރުން ކައިރި އާދޭހެއް ނުކުރޭ ނަން ފުހެނުލާށޭ ކިޔާފަ.. ވަފާތެރިން ތިބޭނެ އެގޮތުގަ. ނަޝީދު މާލެ އައިދުވަހު ބޮޑުމަންޒަރު ފެނުނެއްނު. އެއީ ސަޕޯޓަރުންނަކީ އިނގޭތޯ.. އާދޭސް ކުރާކަށް ނުޖެހޭ . ???
28 ނޮވެންބަރ 2019 | ބުރާސްފަތި 08:58
ދެކުނުތަރި
ޖަލަށް ލުމާއިއެކު ހުރިހާ ވަގުން ބަލިވެ، ހޮސްޕިޓަލަށް ގެންދަންޖެހި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމުގެ ނަމުގަ ފިލާނެ. މީ މޮޅު ގޭމެއް.