Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 22:45
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ އެސްއޯއީ ކޮމިޓީގައި
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ އެސްއޯއީ ކޮމިޓީގައި
މަޖިލިސް
ސްޓެލްކޯ
މަގާމާއި ހަވާލުވުމަށް ފަހު އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތަކީ ކޮރަޕްޝަން ނައްތާލުން: މުޢުނީ
ކަރަންޓް ބިލް ހޫނު މޫސުމުގައި އަގުބޮޑުވަނީ ކަރަންޓް ޔޫސޭޖް އިތުރުވާތީ
ކުންފުނީގައި ކޮރަޕްޗަނެއް ވާނަމަ ވާނީ ކަމާބެހޭ އިދާރަތަކަށް ހިއްސާކޮށްފައި
ސްޓެލްކޯއަކީ އެންމެ ފުރަތަމަ ކޮރަޕްޝަނާއި އިދިކޮޅަށް މަސައްކަތް ފެއްޓެވި ކުންފުނި

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަވެސް ކުރެއްވި މަސައްކަތަކީ ކޮރަޕްޝަނަށް "އެއްވެސް ދޮރެެއް ހުޅުވިފައިވާނަމަ އެ ދޮރެއް ބަންދުކުރުމުގެ މަސައްކަތް" ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒިސް ކޮމީޓީގައި އެ ކޮމިޓިގެ މުގައްރިރުގެ ނައިބު ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވަނީ އަދިވެސް ރަށުތެރޭގައި ކުންފުނީގެ ޕްރޮކިއުމެންޓްގައި ކޮރަޕްޝަންގެ އަމަލުތަށް ކުރަމުންދާކަމަށް އަޑު އިވޭކަމަށް ވިދާޅުވެފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މުޢުނީ ވިދާޅުވީ ކުންފުންޏާއި ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށާއި އެންމެ ފުރަތަމަވެސް އިސްކަމެއް ދެއްވައިގެން ކުރެއްވިކަމަކީ ކޮރަޕްޝަނަށް ހުށަހެޅިފައިވާ ދޮރުތަށް ބަންދުކުރުމުގެ މަސައްކަތްކަމަށެވެ.

Advertisement

އެގޮތުން ކޮރަޕްޝަނާއި ދެކޮޅަށް ހުރިހާ މުވައްޒަފުން އެއްކޮށް ސޮއި ކުރި އެއް ކުންފުންޏަށް ވެގެން ދިޔުން ހެއްކަކަށް ފުދޭނެކަމަށާއި އެފަދަ އެއްވެސް ޝައްކެއް އޮތްކަމުގައި ވާނަމަ އެދުމުން އެ މައުލޫމާތުތަށް ފޯރުކޮށްދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިންވެސް މި ސަރުކާރު އައުމުގެ ކުރިންވެސް ޕްރޮކިއުމެނތްގެ ބައެއް ވާހަކަތަށް އަޑުއިވުނު. ކުރީގައި ހިނގި ކަމެއް އޮވެއްޖެކަމުގައިވާނަމަ އަޅުގަނޑުމެން ވާނީ ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކޮށްފައި. އަޅުގަނޑު ކުންފުންޏާއި ހަވާލުވީ މިދިދޔަ އަހަރުގެ ޑިސެމްބަރު މަހު. ފުރަތަމަކަމަށް އަޅުގަނޑުމެން ކުރަން ފެށިކަމަކީ އެފަދަ ކަންތައްތަކަށް އެއްވެސް ދޮރެއް ހުޅުވިފައި ހުރެއްޖެއްޔާމުން އެ ދޮރެެއް ބަންދުކުރުމުގެ މަސައްކަތް. ސްޓެލްކޯއަކީ ފުރަތަމަ ކުންފުނި ހުރިހާ މުވައްޒަފުން ކޮރަޕްޝަނާއި ދެކޮޅަށް ވައުދެއްގައި ސޮއިކުރި. މިވަރަށް މުވައްޒަފުން ހުރި ދެވަނަ ކުންފުންޏެއް އަޅުގަނޑަށް އެނގިގެން ނެތް. ހުރިހާ މުވައްޒަފުން ފަރުދީ ހައިސިއްޔަތަކުން ކޮރަޕްޝަނާއި އިދިކޮޅަށް އެއްބަސްވީ. ޖުމްލަކޮށް ކުންފުނީގެ ހުރިހާ ހިސާބަކުން އަޅުގަނޑުމެންގެ ކޮންމެ މުވައްޒަފެއްވެސް މަސައްކަތްކުރޭ އެކަހަލަ ކަމެއް ހުރެއްޖެއްޔާމުން ހުއްޓުވުމަށް. ބޭރުތެރޭގައި ވާހަކަ އެހެން ދެކެވިދާނެ. އަޅުގަނޑުމެންނަށް ސާފުކޮށްލަން އެއްވެސް ފަރާތަކުން ރިކުއެސްޓް ކޮއްފިއްޔާމުން ވަރަށް ރަނގަޅަށް ސާފުކޮށްދޭނަން.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ

ސްޓެލްކޯގެ މަސައްކަތްތައް ހިއްސާކުރައްވަމުން މުޣުނީ ވަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މާޗް މަހަކީ ހޫނު ދުވަސްވަރަކަށް ވުމުން މިހާރު ސްޓެލްކޯއިން ކުރަމުންދާ މަސައްކަތަކީ އެ ދުވަސްވަރަށް ތައްޔާރުވުންކަމަށެވެ. އެގޮތުން ފާއިތުވެގެންދިޔަ 10 އަހަރަށް ބަލާއިރުވެސް ހޫނު މޫސުމުގައި ކަރަންޓު ބިލުގެ އަގުބޮޑުކަން ފާހަގަކުރެވިފައިވާކަމަށާއި، ބިލު އަގުބޮޑުވެގެންދަނީ ކަރަންޓު އިތުރަށް ބޭނުންކުރެވިގެންކަމަށެވެ. އެގޮތުން ޓެކްނިކަލް ޓީމާއިވެސް އެކަމާއި ރަނގަޅަށް ސުވާލުކުރެވި އެކަންތަށް ވަނީ ކީއްވެތޯ ސުވާލުކޮށް ސާފުކޮށްފައިވާނެކަމަށް މުޢުނީ ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ.

މުޢުނީ ވަނީ ސަރުކާރުގެ ވުޒާރާތަކުންނާއި މުއައްސަސާތަކުން، އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބުމުގައި ދަތިތަތަކެއް ހުންނަކަމަށާއި ނަމަވެސް ދެމުންދާ އެއްވެސް ހިދުމަތެއް އެ ފަރާތްތަކަށް ކަނޑާނުލާކަމަށް ފާހަގަކުރައްވާފައެވެ.

ސްޓެލްކޯއަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއްކަމަށާއި ފޮތްތަކަށް ބަލާލާކަމުގައި ވާނަމަ އަހަރުގެ އެކި ކުއާރޓާތަކުގައި ލިބެންޖެހޭ ފައިސާ އިތުރުވެގެން ދަނީ އެހެންކަމަށެވެ. އަދި އެހެން ފަރާތްތަކާއި ހެދިފައި އޮންނަ އުސޫލެއްގެ ދަށުން ފައިސާ ލިބެންޖެހޭ މުއްދަތުގައި ލިބޭތޯ ނުވަތަ ސްޓްލެކޯއަށް ލިބެންޖެހޭ އެއްވެސް ފައިސާ އެއް ނުލިބިވަނީ ކީއްވެތޯއާއި އެ ފައިސާ ހޯދުމަށް ޒިންމާދާރުވެރިކަމާއެކު މަސައްކަތް ކުރަމުންދާކަމަށް މުޢުނީ ވިދާޅުވިއެވެ.

މީގެއިތުރުން ދަތުރުތަށް ކުރައްވަމުން ގެންދަވަނީ ކުންފުނި ކުރިއަރަންވާ ވަރަށް ކުރިއެރުމެއް ލިބިފައިނުވާތީކަމަށް ގަބޫލުކުރެވޭކަމަށައީ ސްޓެލްކޯގެ މުވައްޒަފުންގެ ތަމްރީނުތަކަށް އެކި ފަންތީގެ މުވައްޒަފުންވެސް އެކި ގައުމުތަކަށް ތަމްރީންތަކަށް ދާކަމަށާއި އޭގެ އިތުރުން ކުންފުންޏަށް ފައިދާ ހުރި މަޝްވަރާތަށް ކުރުމަށް ކުންފުނީގެ ޕޮލިސީގެ ތެރެއިން ކުރިޔަށް ދާކަމަށް މުޢުނީ ވިދާޅުވިއެވެ.

މުއުނީ ވިދާޅުވީ ސްޓެލްކޯ ފަދަ ބޮޑު ކުންފުންޏެއް އެންމެ އެދެވޭގޮތަށް ފުލް ކެޕޭސިޓީގައި ކުރިޔަށް ގެންދިޔުމަށްޓަކައި އެކި ލެވެލްތަކުގެ ބޭފުޅުންނާއި ހުދު މެނޭޖިންގް ޑިރެކްޓަރުވެސް ދަތުރުތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ ކަމަކީ ކެބިން ތެރޭގައި ނުވަތަ އޭސީ ކޮޓަރިތަކުގެ ތެރޭގައި ތިބެގެން ނިންމޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް