Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 17:48
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ޔޫސުފް ސޮފްވާން ރަޝީދު
އިލެކްޝަންސް ކަމިޝަން
އިންތިހާބު ވަގަށް ނެގީއޭ ވިދާޅުވަނީ ނަފްސާނީ ޕްރެޝަރެއް ކުރިމަތިވެގެން: އީސީ ޝަރީފް
ހަގީގަތް ހޯއްދަވާ އޭގެ މައްޗަށް ބިނާކޮށް ތުހުމަތު ކުރެއްވުމަށް އިލްތިމާސް ކުރެއްވި
ކޮމިޝަންގެ މެންބަރަކަށް ވައްކަމުގެ ތުހުމަތެއް ކޮށް އެއްވެސް ކޯޓެއްގައި މައްސަލައެއް ހިނގާފައި ނެތްކަން ފާހަގަކުރެއްވި
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ތައްޔަރުވުމަށް ގޮވާލެއްވި

ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އެ ދައްކަވަނީ ރިޔާސި އިންތިޚާބު ނާކާމިޔާބު ވުމާއި ގުޅިގެން ނަފްސާނީ ގޮތުން ކޮންމެވެސް ކަހަލަ ޕްރެޝަރ އެއްގައި ހުންނަވާ ބޭފުޅަކު ދައްކަވާ ކަހަލަ ވާހަކަ ތެކެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން އެންމެފަހުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ އިލެކްޝަންގެ ކޮމިޝަންގެ ރައީސަށާއި، އެ ކޮމިޝަންގެ މެމްބަރުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށް، އިންތިޚާބު ވަގަށް ނެގި ކަމަށް ވިދާޅުވެ ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފް ވަނީ އެކަމުގެ ހަގީގަތް ހޯއްދަވާ އޭގެ މައްޗަށް ބިނާކުރައްވާ ތުހުމަތު ކުރެއްވުމަށް އިލްތިމާސް ކުރައްވާފައެވެ.

Advertisement

އަދި އެ ފަދަ ތުހުމަތު ކުރައްވަން ވާނީ ކޮންމެވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވެ، ޝަރީފް ވަނީ ޝަރުއީ މަރުހަލާ އަކުން އެކަން ސާބިތު ކުރުމަށްޓަކައި ވަޑައިގެންނެވުން މާ ބުއްދިވެރިވާނެ ކަމަށް ވިދާޅުވެފައެވެ.

ހަގީގަތަކީ ކޮންމެ ކަމެއްގައި ކޯޓަށް ވަޑައިގެން ކޯޓުން ހައްލު ހޯއްދަވާ ބޭފުޅަކަށް ވާތީ އިންތިޚާބު ވަގަށް ނެންގެވި ކަމަށް ވިދާޅުވާ ކަންތަކުގައި ވެސް ކޯޓަށް ވަޑައިގެން އެ ޗެލެންޖް ކުރެއްވީޔާ މާރަގަޅުވާނެ. ކޮންމެ ބައްދަލުވުމެއްގައި އީސީގެ މެންބަރުންނަށާއި މުޅި މުއައްސަސާއަށް ބަދުނާމު ތުހުމަތުތައް ކުރުމަށްވުރެން
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ ރައީސް ޔާމީނާއި ޕީޕީއެމްގެ ލީޑަރޝިޕްގެ ބައެއް މެންބަރުން ރިޔާސީ އިންތިޚާބަށް ފަހު ޕީޕިއެމުން 7000 މެންބަރުން އުނިވެފައިވެއްޖެ ދައްކަވާ ވާހަކަތަކަށް ވެސް ރައްދެއް ދެއްވާފައެވެ. އެގޮތުން އެ 7000 މެންބަރުން އުނިވެފައި އެވަނީ އެއްވެސް ހާލެއްގައި ޕީޕީއެމްގެ 7000 މެންބަރުން އެހެން ޕާޓީ ތަކަށް ރަޖިސްޓްރީ ކޮށްގެން ނޫން ކަމަށާއި އެހެން ޕާޓީ ތަކުގެ ޕޯމް ފުރައިގެން އެހެން ޕާޓީތަކަށް މެންބަރުން ގޮސްގެން ކަމަށެވެ.

ހުރިހާ ބޭފުޅުންނަށް ވެސް ގަބޫލުފުޅު ކުރެވޭނެ ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުންތަކެއްވެސް އެހެން ޕާޓީ ތަކާއި ގުޅެމުން އެބަދޭ. ހަމަ އެގޮތަށް އާންމު މެންބަރުންވެސް ގުޅެމުންދާ ކަން އަޅުގަނޑުމެންނަށް ފާހަގަ ކުރެވެނީ
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ ޕާޓީއަކުން ފޯމް ހުށަހަޅައިގެން ނޫން ގޮތަކަށް އެއްވެސް ޕާޓީ އަކުން ރަޖިސްޓްރީ އުނިކޮށް އަނެއް ޕާޓީއަކަށް އިތުރުކޮށްފައި ނުވާނެކަމަށެވެ.

ކޮމިޝަންގެ މެންބަރަކަށް ވައްކަމުގެ ތުހުމަތެއް ކޮށް އެއްވެސް ކޯޓެއްގައި އެއްވެސް ކަހަލަ މައްސަލައެއް އަދި ހިނގާފައި ނުވާކަން އެނާ ފާހަގަ ކުރެއްވިއެވެ.

އެގޮތުން ބަލާއިރު ކޮމިޝަންގެ މެންބަރަކަށް ވަގު ތުހުމަތެއް ކުރެވިފައެއް ނެތް. އާންމު ފަރާތަކުންވެސް އެކަހަލަ ކަމެއް ކޮށްގެން ޝަރުޢީ މަރުހަލާއަށް ގޮސްގެން
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ނިމި ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު، ބުއްދިވެރީ އެ އިންތިޚާބަށް ޕީޕީއެމްއިން ތައްޔާރުވުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް