Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 17:31
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (މ)އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (ވ)-
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (މ)އަދި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު (ވ)-
ހޯމް މިނިސްޓްރީ
އެއްވެ އުޅުމުގެ މިނިވަންކަން
އެއްވެއުޅުން ހަނިކުރި އިސްލާހު އުވާލުމަށް މިނިސްޓަރ އިމްރާން ދެކޮޅު!
އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގައުމީ ސަލާމަތާއި ހިންގުމުގެ ނިޒާމަށް ބުރޫ ނާރާނެގޮތަށް ވީއެންމެ ފުޅާކޮށް ދޭންވީ
ސީޕީ ހަމީދު ވިދާޅުވީ އެ އިސްލާހު މިހާރުވެސް އެބައޮތް ކަމަށާއި، އެއްވެ އުޅުމުގެ ފުރުސަތު މިހާރުވެސް ދެމުންދާ ކަމަށް

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރުއަރާނެ އެތައް ކަމެއް ކުރިމަތިވެދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލަމާތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް ވަޑައިގެން މިނިސްޓަރު އިމްރާން ވިދާޅުވީ، އެއްވެ އުޅުން ހަނިކުރި އިސްލާހު މިހާރު ވެސް އެއޮތްގޮތަށް ބޭއްވުމަށްފަހު، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ދެވެން އޮތް އެންމެ ބޮޑު ފުރުސަތެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި އެ އިސްލާހު އެގޮތުގައި އޮތްނަމަވެސް އެއްވެ އުޅުމުގެ މިނިވަންކަން ފުޅާދާއިރާއެއްގައި ދެވިދާނެ ގޮތްތަކެއް ހަމަޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބުރޫ ނާރާނެ ގޮތަކަށް އެ އިސްލާހު އެހެން ގޮތަށް ބަދަލު ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

އެކޮމެޓީއަށް ވަޑައިގެންނެވި، ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވީ، އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރި އިސްލާހު އެގޮތުގައި އޮތްކަމަށް ވިޔަސް، އެއްވެ އުޅުމުގެ މިނިވަންކަން މިހާރުވެސް ފުލުހުންނަށް ދެވޭނެ އެންމެ ފުޅާދާއިރާއެއްގައި އެފުރުސަތު ދެމުންދާ ކަމަށެވެ. އެގޮތުން މިހާރުވެސް މާލޭގެ އެކި ސަރަހައްދު ތަކުގައި ސިޔާސީ އަދި ސިޔާސީ ނޫންވިޔަސް އެއްވެ އުޅުމުގެ ފުރުސަތު ދެމުންދާ ކަމަށާއި، ފުލުހުންގެ ފަރާތުން އެފުރުސަތު ރައްޔިތުންނަށް ދެމުންދާއިރު ބަލާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން، އަމަން އަމާންކަން ގެއްލޭފަދަ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

Advertisement

ނަމަވެސް އެ އިސްލާޙު އުވާލުމާ ބެހޭގޮތުން ސީޕީ ހަމީދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ހަމީދު ވިދާޅުވީ ޕޮލިސް ސާވިސްގެ ފަރާތުން ޓެކްނިކަލް ޖަވާބެއް އެކަމުގައި ކޮމިޓީއަށް އަރުވާނެ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ގެނައި އެއިސްލާހާއެކު، އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވަނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.

އެއިސްލާހާ ގުޅިގެން އޭރު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅު، އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން އާންމު ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުން ގެންދިޔަ އެވެ. އަދި އޭރުގެ އިދިކޮޅު ފަރާތްތަކަށް އެއްވެވޭނެ ނުވަތަ ޖަލްސާއެއް ބާއްވާލާނެ ތަނެއް ނުލިބިގެން އުޅެންޖެހިފައި ވެއެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ހަނިކުރަން ފާސްކުރި އެ އިސްލާހު، އުވާލަން މަޖިލީހަށް ހުށަހެޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެވެ. އެބިލް މިހާރު އޮތީ، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއިން ދިރާސާ ކުރުމުގެ މަރުހަލާގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް