Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 17:32
އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި \"އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގ 1-2019\" ނިންމުން
އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި "އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގ 1-2019" ނިންމުން
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
އެމްއެންޑީއެފް
ކޯސްޓުގާޑުން ހިންގި "އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގ 2019-1" ކާމިޔާބުކަމާއެކު ނިންމާލައިފި
ފަރިތަކުރުންތައް ކުރިޔަށް ގެންދިޔައީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްތަކަށް
އެ ފަރިތަކުރުންތަކުގެ ފައިނަލް އެކްސަސައިޒް ބުދަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ކުރިޔަށް ގެންދިޔަ

އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި "އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގ 2019-1" ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

އެމްއެންޑީއެފް ހުޅުމާލޭ ޕޯސްޓްގައި ބުދަ ދުވަހުގެ ހެނދުނު ބޭއްވި މި އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެކްސަސައިޒްގައި ބައިވެރިވި ސިފައިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤެވެ. އަދި އެކްސަސައިޒްގައި ބައިވެރިވި މުދައްރިބުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމެވެ.

Advertisement

މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްތަކަށް ކުރިޔަށް ގެންދިޔަ މި ފަރިތަކުރުންތަކުގައި، ކަނޑަށް އެޅޭ ތެލުގެ ބާވަތްތަކާއި، ކަނޑަށް ތެޔޮ އެޅުމުން ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، ކަނޑަށް އެޅޭ ތެޔޮ ކޮންޓެއިންމެންޓް ކުރާނެ ގޮތާއި، ރިކަވަރ ކުރާނެ ގޮތްތަކާއި، ކަނޑަށް އެޅޭ ތެޔޮ ރައްކާތެރިކަމާއެކު ނައްތާލުމަށް ބޭނުންކުރާ އާލާތްތަކާ ބެހޭގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި "އޮއިލް ޕޮލިޔުޝަން ރެސްޕޮންސް ޓްރޭނިންގ 1-2019" ނިންމުން

އޭގެ އިތުރުން "ދަ އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރިވެންޝަން އޮފް ޕޮލިޔުޝަން ފްރޮމް ޝިޕްސް (މާޕޯލް)" އާ ބެހޭގޮތުން ވަނީ މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ފަރިތަކުރުންތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް މެރިންކޯގެ ސިފައިން ބައިވެރިވި އިރު އެ ތަމްރީނުތަކުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ، އެ ދާއިރާއިން ތަމްރީނު ލިބިފައިތިބި ސިފައިން ކަން ފާހަގަކޮށްލެވެއެވެ.

އެ ފަރިތަކުރުންތަކުގެ ފައިނަލް އެކްސަސައިޒް ބުދަ ދުވަހުގެ ހެނދުނު ހުޅުމާލޭގައި ކުރިޔަށް ގެންދިޔައިރު އެކްސަސައިޒްގެ އޮބްޒާވަރުންގެ ގޮތުގައި، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއާއި، މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބޭފުޅުން ބައިވެރިވެލެއްވިއެވެ.

އެކްސަސައިޒް ނިންމުމުގެ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސަރވިސް ކޯގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤްގެ އިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމާއި، ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް