ކ. މާލެ
|
17 މާރޗް 2017 | ހުކުރު 18:16
ސޯނަމް ކަޕޫރު
ސޯނަމް ކަޕޫރު
ގޫގުލް
ބޮލީވުޑް
ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ
 
މި ޑިނާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ

ބޮލީވުޑްގެ މަޝްހޫރު ފލްމީތަރި ސޯނަމް ކަޕޫރު ކެންސަރު ޖެހިފައިވާ ކުދިނަށް އެހީވުމަށް ޗެރިޓީ ގާލާ ޑިނާ ނައިޓެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

 

ސޯނަމް އަކީ ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީތެރިވާ ޖަމުއިއްޔާއެއް ކަމުގައިވާ "ކަޑްލްސް" ގެ ބްރޭންޑް އެމްބެސެޑަރެވެ.

 

ސޯނަމް އޭނޭގެ އިސްނެގުމުގެމަތިން ބާއްވާ މި ޑިނާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ މުމްބާއީގައެވެ.

 

ދާދި ފަހުން ސޯނަމް ވަނީ ޓާޓާ މެމޯރިއަލް ހޮސްޕިޓަލުގައި ތިބި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ކުދިންގެ ކައިރިއަށް ގޮސްފައެވެ.

 

އަދި އެކުދިންނަށް ހަދިޔާ ދީ ލަވަޔާއި ޕޮޔަމްސް ކިޔައިދިނުމުގައި ވަގުތު ހޭދަކޮށްފައެވެ.

 

ސޯނަމް ވަނީ ޑޮކްޓަރުނާއި ވާހަކަ ދައްކާ، އެކުދިންނަށް ރަނގަޅު ކަނާ އާއި ބޭނުންވާ ޚިދުމަތްތައް ލިބެންހުރިތޯ ވަނީ ބަލާފައެވެ.އަމަލީ ގޮތުން އެކުދިންގެ ކަންތައްތަކުގައި އެޅުން ނަމަވެސް އެނާ ބޭނުންވީ އެކުދިނަށް އިތުރަށް އެހީތެރިވުމަށް ޑިނާ ނައިޓެއް ބޭއްވުމަށް ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

 

ފިލްމް "ނީރުޖާ"ގެ ބަތަލާ ސޯނަމް ބުނީ އަހަރުމެން ބޭނުން ކޮންމެ އެއްޗެއް ކެވޭ ކަމަށާއި ނަމަވެސް ޑޮކްޓަރުންނާއި ވާހަކަ ދެއްކުމުން ކެންސަރަށް ފަރުވާ ހޯދަމުންދާ ކުދިން ކެއުމަށް ބަލައިގެން އުޅޭންޖެހޭ މިންވަރު އެނގިގެން ދިޔަ ކަމަށެވެ.

 

އަދި މިޑިނާ ނައިޓުގެ ސަބަބުން ފައުންޑޭޝަނުން އެކުދިނަށް ކޮށްދެމުންދާ ކަންތައްތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް