Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 13:50
މުހައްމަދު ޚަލީލް
މުހައްމަދު ޚަލީލް
ރައީސް އޮފީސް
މުހައްމަދު ޚަލީލް
އޮމާނަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޚަލީލް !
ސައުދީގެ ސަފީރު ކަމާއި ހަލީލް ހަވާލުވެ ވަޑައިގެންފައިވަނީ މި އަހަރުގެ ޖޫން މަހު
އެކްޓިން ހައިކޮމިޝަނަރުގެ މަޤާމުވެސް ފުރުއްވާފައިވޭ
ޚަލީލު ވަނީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމު ވެސް ފުރުއްވާފަ

ސަޢުދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، މުޙައްމަދު ޚަލީލް، އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުން މުޙައްމަދު ޚަލީލް އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަނު ކުރުމަށް ރުހުންދީފައިވަނީ 73 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، މަޖިލީހުން ރުހުން ދެއްވާފައިވާ ބަޙްރައިން އަދި އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ ތެރެއިން އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޓެންޓް ސަފީރުކަމުން، ޑރ ޙުސައިން ނިޔާޒުގެ ނަންފުޅު އަނބުރާ ގެންދަވާ، ޚަލީލް އައްޔަނު ކުރުމަށް ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

Advertisement

ޚަލީލް އަކީ އޮމާނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަނު ކުރުމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ކޮމެޓީއިން ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 30 ބަނަ ދުވަހު ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަންވެސް މުޙައްމަދު ޚަލީލް އަކީ އޯގަނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުވެސްމެއެވެ. ސައުދީގެ ސަފީރު ކަމާއި ޚަލީލް ޙަވާލުވެ ވަޑައިގެންފައިވަނީ މި އަހަރުގެ ޖޫން މަހުއެވެ. ޚަލީލަކީ ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރުގެ މަޤާމުގެ އިތުރުން އެކްޓިން ހައިކޮމިޝަނަރުގެ މަޤާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.

ޚަލީލް ވަނީ 1983 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކިފަންތީގެ މަޤާމުތައް ފުރުއްވާފައެވެ. މީގެއިތުރުން ޚަލީލު ވަނީ އިންޑިޔާގެ ޖަވާހަރްލާލް ނެހުރޫ ޔުނިވަރސިޓީން އެންވަޔަރަންމެންޓަލް ލޯވ އެންޑް ޕޮލިސީގެ ދާއިރާއިން ޑިޕްލޮމާ ޙާޞިލު ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
27 ނޮވެންބަރ 2019 | ބުދަ 23:54
ނިމުމެއްނެތްބާމިކަމަކަށް؟
ނިމުމެއްނެތްބާމިކަމަކަށް؟