Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 14:11
ބިލް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއިން
ބިލް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއިން
ޝުއައިބް މުހައްމަދު އިގްބާލް
ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ގާނޫނަށް އިސްލާހ
ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި
ބިލް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީއިން

ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހުށަހެޅުއްވި މި ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި 72 މެމްބަރުންގެ ވޯޓާއިއެކުއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އެކި އެކި ޒަރީއާއިން ހިންގޭ ވިޔަފާރީގެ މުއާމަލާތްތައް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވޭނެ ގޮތް ހަމަޖެއްސުމަށާއި، ވިޔަފާރި ތަންތަނުން ހިންގާ ވިޔަފާރި ހަރަކާތްތަކާއި ވިޔަފާރި ނަން ރަޖިސްޓްރީ ކުރުުމުގެ އުޞޫލުތައް އިތުރަށް ހަރުދަނާކޮށް، އެ ޤާނޫނު ހިންގުމާއި ގުޅޭ އެނޫންވެސް އުސޫލުތައް ހަރުދަނާކުރުމަށްޓަކައި ޤާގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

Advertisement

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް އިޞްލާޙު ގެނައުމުގެ ބިލް ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީންނެވެ.

ކޮމެޓީން ބިލަށް ހުށަހެޅި މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި އިމްޕޯޓު މުދާ ވިއްކާ ތަންތައް، ސައިހޮޓާ އަދި ކެންޓީނާއި ބެހޭ ޤާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ހިންގާ ވިޔަފާރި ހަރަކާތްތަކާއި ތަންތަން، ދަފްތަރުކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަސް ދުވަހަށް ބަދަލު ކުރުމާއި ބިލުގައިވާ ގޮތުގެ މަތިން ދަފްތަރުކުރުމަށްޓަކައި އިދާރީ ގޮތުން ކަމާބެހޭ މަޢުލޫމާތު ބަދަލުކޮށް ދަފްތަރު އެކުލަވާލާނީ ދަފްތަރު އެކުލަވާލާނީ ރަޖިސްޓްރަރ ކަމަށް ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން އިމްޕޯޓު މުދާ ވިއްކާ ތަންތައް، ސައިހޮޓާ އަދި ކެންޓީނާއި ބެހޭ ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދައަކީ މި ޤާނޫނުގެ ދަށުން ދަފްތަރު އެކުލަވާލުމަށް ޞައްޙަ ހުއްދައެއް ކަމަށް ހަމަޖައްސައި، އެ ޤާނޫނުގެ ދަށުން ދޫކޮށްފައިވާ ހުއްދަތަކަށް އަލުން ހުށަހަޅަން ނުޖެހުން ވެސް ހިމެނެއެވެ. އަދި މި ޤާނޫނަށް ޢަމަލު ކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 30 ދުވަހުގެ ތެރޭގައި ކަމަށް ކަނޑައެޅުމަށް ކޮމެޓީ އިން ބިލަށް އިޞްލާޙު ހުށަހަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް