Advertisement
ކ. މާލެ
|
27 ނޮވެންބަރ 2019 | ބުދަ 09:38
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން
ޔޫސުފް ސޮފްވާން ރަޝީދު
މަޖިލިސް
މިނިސްޓަރ ހާޒިރު ކުރުމަށް ހުށަހެޅުއްވި މެމްބަރު ވަޑައިގެންނެތުމުގެ ސަބަބުން ސުވާލުގެ ބައި ކުރިއަށް ނުގެންދެވުނު!
މިނިސްޓަރ މަޖިލީހުގެ ތަޅުން ދޫކުރައްވައި އެނބުރި ވަޑައިގެންފިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފަ

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަން މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވި މެމްބަރު ޖަލްސާއަށް ހާޒިރުވެވަޑައިގެން ނެތުމުން މިނިސްޓަރާއި ސުވާލު ކުރުން ކުރިއަށް ގެންދެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ. މެމްބަރު މިނިސްޓަރާއި ކުރައްވަން ހަމަޖެހިފައިއޮތް ސުވާލަކީ ބ. ކެންދޫ، ދަރަވަންދޫ އަދި ކަމަދޫގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަކީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތްތަކަކަށް ވާއިރު އެ މަސައްކަތްތައް ފެށޭނީ ކޮން ތާރީޚެއްގައިތޯއެވެ.

Advertisement

ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިނިސްޓަރ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުއްވި މެމްބަރު ހާޒިރުވެވަޑައިނުގެންނެވުމުގެ ސަބަބުން އެޖެންޑާގެ އެބައި ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.

އަޅުގަނޑުމެންނަކަށް އެޖެންޑާގެ މި ދެންނެވި އައިޓަމް ކުރިއަށް ގެންދެވެވޭ ކަށެއް ނެތް. ވަރަށް ބޮޑަށް މާފަށް އެދެން. އިއްޒަތްތެރި މެމްބަރު މިތަނަށް ވަޑައި މިއަދު ނުގަންނަވާވަނީ، ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު

އެނގިފައިވާގޮތުގައި މެމްބަރު ވަޑައިގަންނަވާތޯ ރިޔާސަތުން ވަނީ 12 މިނެޓު މަޑުކުރައްވާފައެވެ. ރާއްޖެއެމްވީއަށް ކަށަވަރުވެފައިވާގޮތުގައި މިނިސްޓަރ ވަނީ މަޖިލީހުގެ ތަޅުން ދޫކުރައްވައި އެނބުރި ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
27 ނޮވެންބަރ 2019 | ބުދަ 12:14
އެދުރު ހަސަން
ތި މެމްބަރު ގަސްދުގައި ހާޒިރު ނުވިނަމަ އޭނައައް ދޭނެ އަދަބެއް އެގެން އޮންނަންޖެހޭ. މިނިސްޓަރުގެ ދުވަހުގެ ޝެޑިއުލަ އައް މިމެމްބަރުގެސަބސބުން ބުރު އަރާ ކުރަން ޖެހޭ އެތައް މަސައްކަތެއް ވާނީ ނުކުރެވި.