Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 22:15
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ހުސައިން ރަޝީދު ހަސަން
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ހުސައިން ރަޝީދު ހަސަން
ޔޫސުފް ސޮފްވާން ރަޝީދު
ރައްޔިތުންގެ މަޖިލިސް
މާދަމާގެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓަރާއި ސުވާލުކުރަނީ
އެންވަޔަރަންމަންޓް މިނިސްޓަރާއި ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިން
ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފައި

ބ އަތޮޅުގެ ތިން ރަށެއްގެ ފެނާއި ނަރުދަމާ އާއި ގުޅޭގޮތުން ސާފުކުރުމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ހުސައިން ރަޝީދު ހަސަން އާއި ސުވާލުކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓަރާއި ސުވާލުކުރުމަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިން އެވެ. އަލީ ހުސައިން އެންވަޔަރަންމަންޓް މިނިސްޓަރާއި ސުވާލުކުރައްވަނީ ބ.ކެންދޫ، ދަރަވަންދޫ އަދި ކަމަދޫގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓަކީ 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތަކަށްވާއިރު އެ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައިތޯ ސާފުކުރެއްވުމަށެވެ.

Advertisement

ވަޒީރުންނާއި ސުވާލުކުރުމުގެ އިތުރުން މާދަމާގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާ ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. އެތިން ބިލަކީ ކުޅުދުއްފުށި އުުތުރު ދާއިރާގެ މެމްބަރ ޔާސިރު އަބްދުއްލަތީފު ހުށަހަޅުއްވާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގެމަނަފުށި ދާއިރާގެ މެމްބަރ އަހުމަދު ސައީދު ހުށަހަޅުއްވާފައިވާ ފެނާއި ނަރުދަމާގެ ބިލްގެ އިތުރުން މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާޢީ ހުށަހަޅުއްވާފައިވާ ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލެވެ.

މީގެއިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުވާފައިވާ މައްސަލަވެސް ވަނީ އެޖެންޑާކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް