Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 18:48
ބެރުގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދަނީ
ބެރުގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދަނީ
އެމްއެންޑީއެފް
ބޭރުގެ މަސްބޯޓު
ރާއްޖޭގެ ސަރަހައްދުން ބޭރުގެ މަސްބޯޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
މިބޯޓް މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދޫއަށް
މިބޯޓުގައި 07 ފަޅުވެރިން އެބަތިބި
މިފަދަ އުޅަނދު ފަހަރު މަސްވެރިން ނުހިފެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައި

ޏ.ފުވައްމުލަކުގެ އިރުން 10 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ދިވެހި މަސްދޯންޏެއްގެ ބެލުމުގެ ދަށަށް ގެނައުމާ ގުޅިގެން އެމްއެންޑިއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުން ހަތް މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން، ދިވެހި މަސްދޯންޏަކުން އެ ބޯޓް ހިފެހެއްޓިކަމުގެ މަޢުލާމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައި ވަނީ މިއަދު 11:25 ހާއިރުއެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" ވަނީ ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. މިބޯޓް މިހާރު ދަތުރުކުރަމުން ދަނީ ގއ. ކަނޑުހުޅުދޫއަށެވެ.

Advertisement

މައުލޫމާތު ލިބޭ ގޮތުގައި މިއީ ލަންކާގެ މަސްބޯޓެކެވެ. އަދި މިބޯޓުގައި 07 ފަޅުވެރިން އެބަތިއްބެވެ.

މިފަހަކަށް އައިސް ރާއްޖެ ސަރަހައްދުން ބޭރުގެ މަސް ބޯޓުތައް ފެނުން ވަނީ އާންމުވެފައިރު، މިގޮތަށް ދަތުރުކުރާ އުޅަނދު ފަހަރު މަސްވެރިން ނުހިފެހެއްޓުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ޝައްކު ކުރެވޭ ބޭރުގެ އެއްވެސް އުޅަނދެއް ފެނިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑު ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވައި ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފައެވެ. އަދި މިމައްސަލަ އިތުރަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
26 ނޮވެންބަރ 2019 | އަންގާރަ 19:54
ސީދާ
ރާއްޖެ ސަރަޙައްދުން ނޫނިއްޔާ މިވެރިންނަށް މިހާރު މަހެއްވެސް ބޭނޭކަމަށް ނުވަނީތަ