ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 18:43
ދިއްލީގައި ވައިނުސާފުކަމުން އާންމުން ބޭރަށް ނިކުންނަނީ މާސްކް އަޅިއިގެން
ދިއްލީގައި ވައިނުސާފުކަމުން އާންމުން ބޭރަށް ނިކުންނަނީ މާސްކް އަޅިއިގެން
ރޮއިޓަރސް
ނިއު ދިއްލީ
ނިއުދިއްލީގެ ވައި ތަޣައްޔަރުވުމަށް ބޮޑު ހައްލެއް
ނިއުދިއްލީ އަށް ވައި ތަޣައްޔަރުވުމުގެ މައްސަލަ ކުރިމަތިވީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން
ވައި ނުސާފުވުމުގެ ސަބަބުން އާންމުންނަށް އެތަކެއް ގޮން ޖެހުންތަކެއް ކުރިމަތިވެ، ސްކޫލްތައް ބަންދުކުރި

އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ކުރިމަތިވި ވައި ތަޣައްޔަރުވުމުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ނިއުދިއްލީއަށް ވައި ތަޣައްޔަރުވުމުގެ މައްސަލަ ކުރިމަތިވީ މީގެ ދޮޅު މަހެއްހާ ދުވަސް ކުރިންނެވެ. ރިޕޯޓްތަކުން ބުނާގޮތުގައި އެ މައްސަލައަށް ޙައްލު ލިބިގެންދިޔައީ ބާރުގަދަ ވަޔާއެކު ދުންތައް ސާފުވެ، ޖައްވުގައިވާ ކުނޑިތަކާއި އެނޫންވެސް ވިހަ މާއްދާތަކުން ޖައްވު ވަރަށް ބޮޑަށް ސާފުވެގެން ދިއުމުންނެވެ.

އެހެން ނަމަވެސް ނިއު ދިއްލީގެ ވައިގެ ކޮލިޓީ އަދިވެސް ހުރީ ސިއްޙީގޮތުން އެންމެ ރަގަނޅު ޙާލަތުގައި ނޫންކަމަށް އެ ސިޓީގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނާއިރު އެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ބުނަމުން އަންނަނީ އެތަކެއް ދުވަހަށް ފަހު ހަމަ ނޭވާ އެއް ލުމުގެ ފުރުސަތެއް ލިބިއްޖެ ކަމަށެވެ.

ނިއުދިއްލީ އަށް ކުރިމަތިވި ވައި ތަޣައްޔަރުމުގެ މައްސަލައާއި ގުޅިގެން އެ ސިޓީގެ ސްކޫލްތަކުގެ ކިޔެވުން މެދު ކަނޑާލައި ބަންދުކުރަން ޖެހުނެވެ. އަދި ވައި ނުސާފުވެ ނުރައްކާތެރި މިންވަރަށް ވައި ތަޣައްޔަރުވުމުގެ ސަބަބުން ދަތުރު ފަތުރުކުރުމަށާއި، ބޭރުތެރެއަށް ނިކުތުން ދަތިވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް