Advertisement
ކ. މާލެ
|
26 ނޮވެންބަރ 2019 | އަންގާރަ 18:32
މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު
މަރުގެ މައްސަލަތައް ބަލަން އުފެއްދި ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު
ރައީސް އޮފީސް
އަފްރާޝީމް އަވަހާރަކޮށްލުން
އަފްރާޝީމް މަރު ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް: ސުއޫދު
އަފްރާޝީމް އަވަހާރަކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން
އަވަހާރަކޮށްލުމަށް ހަވާލުކުރީ ޖިނާއީ ކުށްކުރާ ގޭންގަކާ
ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮންބައެއްކަން ތިން ހެކިންގެ ހެކިބަހުން އެނގޭ

އަނިޔާވެރިކޮށް އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ނެރުނު ރިޕޯޓުގެ ސައްހަ ކަމާމެދު ސުވާލު އުފައްދާނެ އެއްވެސް ޖާގައެއް ނެތް ކަމަށް އެކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

ޑރ. އަފްރާޝީމްގެ މަރާ ބެހޭގޮތުންމަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ސައްހަ ކަމާމެދު ބައެއް ރައްޔިތުން މަޖިލީހުގެ މެމްބަރުން ވަނީ ސުވާލު އުފައްދާފައެވެ. އެކަމާ ގުޅޭގޮތުން ސުއޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އަފްރާޝީމް އަވަހާރަކުރުމަށް ރޭވީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކަމަށެވެ. ސުއޫދު ވިދާޅުވީ އެކަން ކުރަން އެމީހުން ބޭނުންވި ސަބަބާއި އެކަން ކުރުމަށް އެފަރާތްތަކުން ހަވާލުކުރީ ހަރުކަށި ފިކުރުގެ ޖަމާއަތާ ގުޅިފައި އޮތް ޖިނާއީ ކުއްކުރާ ގޭންގްއަކާކަން ކޮމިޝަންގެ ރިޕޯޓުން ސާފުވާ ކަމަށެވެ.

Advertisement

ސުއޫދު ވިދާޅުވީ ހަރުކަށި ފިކުރުގެ ވެރިންނަކީ ކޮންބައެއްކަން އެއްވެސް ޝައްކެތްނެތް މިންވަރަށް ރިޕޯޓުގައިވާ ތިން ހެކިންގެ ހެކި ބަހުން އެނގޭ ކަމަށެވެ. އަދި ވޭތުވެދިޔަ ހަތް އަހަރު ޕޮލިސް ސަރވިސްއަށް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު އެއްކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ވެސް ސުއޫދު ވިދާޅުވިއެވެ.

އެހެންކަމުން މަރާލަފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން އެކުލާވި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓު ފުރިހަމަ ނޫން ކަމަށް ބުނާނެ ތަނެއް ނެތް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސަގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރ އަފްރާޝީމްގެ މައްސަލަ ބެލުމަށްފަހު ނެރުނު ރިޕޯޓުގެ މައްޗަށް ބިނާކޮށް އެއްވެސް މީހަކު ހައްޔަރު ކުރުމުގެ އަމުރެއް އަދި މީހެއްގެ މައްޗަށް ދައުވާކުރުމުގެ ޖާގައެއް ނެތްކަމަށެވެ. އަދި ޑރ އަފްރާޝީމްގެ މަރުގެ ރިޕޯޓް ނެރުމާއެކު ދެފަހަރެއްގެ މަތިން ކޮމިޝަންގެ ބޭފުޅުންނާއި، ޕީޖީ އޮފީހުގެ ބޭފުޅުންނާއި އަދި ފުލުހުންގެ އިސްވެރިންނާއި ދެ ފަހަރެއްގެ މަތިން މިނިސްޓަރ އަމިއްލަ ފުޅަށް ބައްދަލުކުރެއްވި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެންމެ ފުރަތަމަ ބައްދަލުވުމުގައި އެރިޕޯޓުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް އެޅޭނެ އަދި ހައްޔަރުކުރެވޭނެ އެއްވެސް މީހަކު ހުރިތޯ އެއްސެވި ކަމަށާއި އެއާގުޅިގެން ކޮމިޝަންގެ ބޭފުޅުން ވިދާޅުވީ އެވަގުތުގައި އެކަން ދެންނެވެން ނެތްކަމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް