Advertisement
ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 17:50
ފިންލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އާއި ރައީސް ސޯލިހު އަދި މިނިސްޓަރު ޝާހިދު
ފިންލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އާއި ރައީސް ސޯލިހު އަދި މިނިސްޓަރު ޝާހިދު
ރައީސް އޮފީސް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ރާއްޖެއާ ފިންލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއިކުރަނީ
ހާރިޖީ ގުޅުމާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ
ޝާހިދު ފިންލޭންޑަށް ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހު
ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ފިންލޭންޑަށް ދަތުރުފުޅެއް ކުރައްވާފައި

ދިވެހިރާއްޖެއާ ފިންލޭންޑާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއްގައި ސޮއި ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މި ހަފްތާގެ ބުރާސްފަތި ދުވަހު ފިންލޭންޑަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައެވެ.

ފިންލޭންޑުގެ ފޮރިން މިނިސްޓަރު ޕެކާ އަވިސްތޯގެ ދައުވަތަކަށް ޝާހިދު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި ދެ ގައުމުގެ ހާރިޖި ގުޅުމާއި ބެހޭ ގޮތުން މަޝްވަރާ ކުރަން އެޖެންޑާ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މި އަހަރު ޖެނުއަރީ މަހު ފިންލޭންޑުން މާލެގައި ހުޅުވި ފިންލޭންޑް އިންޓަރނޭޝަނަލް ސްކޫލާއި ބެހޭ ގޮތުން ޝާހިދު އާއި ޕެކާއާ ދެމެދު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ.

މި އަހަރު ކުރީކޮޅު ނައިބް ރައީސް ފައިސަލް ނަސީމްވެސް ވަނީ ފިންލޭންޑަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.

Advertisement

ފިންލޭންޑުގެ ފޮރިން މިނިސްޓަރުގެ ދަައުވަތަކަށް ޝާހިދު އެ ގައުމަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، ޕެކާ ފޮރިން މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކުރެވުނީ މި އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެެ. އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ފިންލޭންޑުގެ އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ ގްރިން ލީގު ޕާޓީ އަށެވެ.

މީގެކުރިން ދެ ފަހަރެއްގެ މަތިން ރައީސް ކަމުގެ ރޭހުގައި ވާދަކޮށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ޕެކާ ވަނީ، ފިންލޭންޑުގެ އެންވަޔަރަމެންޓް މިނިސްޓަރު ކަމުގެ މަގާމާއި، އިންޓަނޭޝަނަލް ޑިވޮލޮޕްމެންޓު މިނިސްޓަރުގެ އިތުރުން ހެލްސިންކީގެ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ރާއްޖެއާ ފިންލެންޑާއި ދެމެދު ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 1984 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް