Advertisement
ކ. މާލެ
|
25 ނޮވެންބަރ 2019 | ހޯމަ 02:30
އެމްޑީޕީގެ ނައިބް ރައީސްކަމަށް ވާދަކުރެއްވި މުހައްމަދު ޝިފާޒާއި، މުހައްމަދު އަސްލަމް
އެމްޑީޕީގެ ނައިބް ރައީސްކަމަށް ވާދަކުރެއްވި މުހައްމަދު ޝިފާޒާއި، މުހައްމަދު އަސްލަމް
ރާއްޖެ އެމްވީ
އެމްޑީޕީ
ވަގުތީ ނަތީޖާ ދައްކާ ގޮތުން ޝިއްޕެ އަސްލަމްގެ މައްޗަށް ކުރިހޯދީ 3000 ވޯޓުގެ ތަފާތުން
ނައިބް ރައީސްގެ މަޤާމަށް ޝިފާޒް އިންތިޚާބުވެ ވަޑައިގެންފައިވަނީ 13،815 ވޯޓު ލިބިގެން
އަސްލަމަށް ލިބިވަޑައިގެންފަނީ 10،840 ވޯޓް
އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އެޕާޓީގެ ރައީސާއި ނައިބް ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އެޕާޓީން އިއުލާން ކޮށްފައި މިވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެ އެމައްސަލަ ބަލައިދޭން އެމްޑީޕީގެ ސެކެޓްރީ ޖެނެރަލަށް, އެ އިންތިޚާބުގައި ނާކާމިޔާބުވެ ވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާދިއްތަ ދުވަހު ހުށަހަޅުއްވާފައި ވަނި ކޮށެވެ.

މި އިންތިޚާބުގައި ޕާޓީގެ ރައީސްގެ މަޤާމަށް ވާދަ ކުރައްވަފައިވަނީ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ނައިބް ރައީސްގެ މަޤާމަށް ވާދަ ކުރައްވަފައިވަނީ އެޕާޓީގެ ނައިބްގެ މަޤާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހަމއްދު ޝިފާޒް އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.

Advertisement

އެޕާޓީގެ އިންތިޚާބާއި ބެހޭ ކޮމިޓީން އާދިއްތަ ދުވަހުގެ ރޭ އިއުލާން ކުރި ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް މުހައމްދު ނަޝީދު ޕާޓީގެ ރައީސްގެ މަޤާމުގައި ހުންނެވުމަށް ފެންނަކަމަށް 24،202 މީހުން އަދި ނުފެންނަ ކަމަށް 421 މެންބަރުން ވަނީ ވޯޓު ދީފައެވެ. ޖުމްލަ 25،102 މީހުން ވޯޓް ދީފައިވާއިރު ސައްޚަ ވޯޓުގެ އަދަދަކީ 24،623 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 479 އެވެ.

ނައިބް ރައީސްގެ މަޤާމަށް ޝިފާޒް އިންތިޚާބުވެވަޑައިގެންފައިވަނީ 13،815 ވޯޓު ލިބިގެންނެވެ. އަސްލަމަށް ލިބިވަޑައިގެންފަނީ 10،840 ވޯޓެވެ. ޖުމްލަ 20،102 މެންބަރުން ވޯޓުލާފައިވާއިރު ސައްޚަ ވޯޓުގެ އަދަދަކީ 24،655 އެވެ. ބާތިލް ވޯޓުގެ އަދަދަކީ 447 އެވެ.

އަސްލަމް ހުށަހެޅުއްވި މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ސެކްޓްރީ ޖެނެރަލަށް ހުށަހެޅުއްވާ އެކަމުގެ ތަފްސީލު "ރާއްޖެއެމްވީ" އަށް ދެއްވަމުން އޭނާ ވިދާޅުވީ އިންތިޚާބު ތެރޭގައި އޮޅުވާލުންތަކެއް ހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބަކަށްވާތީ ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވާ 11 ކަންތައްކުގެ ތަފްސީލު ހާމަކުރައްވަން ބޭނުންނުވާކަމަށް އަސްލަމް ވިދާޅުވި އެވެ. ނަމަވެސް ޖުމްލަކޮށް އެކަންތައްތައް ފާހަގަކުރާނަމަ މުޅި އިންތިޚާބުގެ އުސޫލުތަކުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރެވިފައިވާ ކަަމަށާއި ނަތީޖާ އޮޅުވާލުމުގެ ކަންތައްތަކެއް ފާހަގަ ކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް