Advertisement
ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 23:31
ދިރާސާ ކުރުމަށްޓަކައި އިޓަލީގެ އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ސިންޓެކްނިކާ އިންޖިނިއަރިން ވަނީ ގާފަރަށް ގޮސްފަ
ދިރާސާ ކުރުމަށްޓަކައި އިޓަލީގެ އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ސިންޓެކްނިކާ އިންޖިނިއަރިން ވަނީ ގާފަރަށް ގޮސްފަ
DRP
ޖާބިރު
ކާށިދޫ އަދި ގާފަރު ކޭބަލް ކާރުން ގުޅާލުމުގެ ދިރާސާތައް ފަށައިފި
ދިރާސާ ކުރުމަށްޓަކައި އިޓަލީގެ އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ސިންޓެކްނިކާ އިންޖިނިއަރިން ވަނީ ގާފަރަށް ގޮސްފަ

ކ.ކާށިދޫ އަދި ކ.ގާފަރު ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތުގެ ދިރާސާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ދިރާސާ ކުރުމަށްޓަކައި އިޓަލީގެ އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ ސިންޓެކްނިކާ އިންޖިނިއަރިންގެ ބޭފުޅުން ވަނީ ގާފަރަށް ގޮސްފައެވެ. އެގޮތުން އެ ކުންފުނީގެ ރައީސް ލޫކާ އާއި އެ ކުންފުނީ އިސްވެރިއެއް ކަމަށްވާ މާކަސް ވަނީ ދިރާސާ ކުރުމަށް ގާފަރަށް ގޮސްފައެވެ.

ކާށިދޫ އަދި ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެ ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދެކެވެ.

Advertisement

މެމްބަރު ޖާބިރު ވަނީ މިއަހަރުގެ ޖުލައި މަހުުގައިވެސް ގާފަރަ އާއި ކާށިދޫ ގުޅާލުމަށް ކޭބަލް ކާރު އެޅުމުގެ އަމަލީ މަސައްކަތް ފަށާނެކަމަށް ވިދާާޅުވެފައެވެ.

އިޓަލީގެ މި ކުންފުންޏަކީ ކޮންސްޓްރަކްޝަންއާއި އިންޖިނިއަރިންގެ މަސައްކަތް ކުރާ ކުންފުންޏެކެވެ. އެންވަޔަރަމެންޓަލް އޮޕަރޭޝަން އެންޑް މެއިންޓެނެންސްގެ އިތުރުން ޕްލޭނިންގެ މަސައްކަތް ވެސް އެކުންފުނިން ކޮށް އުޅެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
25 ނޮވެންބަރ 2019 | ހޯމަ 01:47
އެދުރު ހަސަނސ
މަހީޔެއްނުކުރަން. ޅޮލީޖާބިރު އައް މިފަދަ މަސައްކަތެއް ކުރުވަން ފައި ހިއްލަން ކެރިދާނެ ހެނެރތއް
25 ނޮވެންބަރ 2019 | ހޯމަ 00:46
އަހުމަދުކަލޯ
ގޮނޑއެއްގެ އަގު ހާދަ މައްޗަކަށް