ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 17:45
ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީ
ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީ
ގޫގުލް
ޖަވާހަރްލާލް ނެހްރޫ ޔުނިވާސިޓީ
ދަރިވަރުންގެ މުޒާހަރާއާއި ގުޅިގެން އިންޑިއާގެ އެންމެ ބޮޑު ޔުނިވަރސިޓީ ހުއްޓުމަކަށް!
ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ އެ ދަރިވަރުންގެ އެކޮމޮޑޭޝަން ފީ ބޮޑު ކުރުން
އެ ޔުނިވާސިޓީގައި 8000 ދަރިވަރުން ކިޔަވާ

ހޮސްޓެލް ފީ ބޮޑު ކުރުމާއި ގުޅިގެން ދަރިވަރުން ކުރަމުން ގެންދާ މުޒާހަރާއާއި ގުޅިގެން އިންޑިއާގެ އެންމެ ބޮޑު ޔުނިވާސިޓީ ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީ މަހެއްހާ ދުވަހުގެ ހުއްޓުމަކަށް އައިސްފައިވާ ކަމަށް ހަބަރުތައް ބުނަން ފަށައިފިއެވެ.

ދަރިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ އެ ދަރިވަރުންގެ އެކޮމޮޑޭޝަން ފީ ބޮޑު ކުރުމެވެ. އެއީ ފާއިތުވި މަހެއްހާ ދުވަހު ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާ ކަމަށްވެސް ރިޕޯޓްތަކުގައި ވެއެވެ.

ފީތަކަށް ގެނައި ބަދަލުގެ ދަށުން ކެމްޕަސްގެ ހައުސިން އަށް ކޮންމެ ދަރިވަރަކު މަހަކު މިހާރު 1،800 ރުޕީސް (25 ޑޮލަރު) - 3،600 ރުޕީސް (50 ޑޮލަރު) ގެ އަދަދެއް ދައްކަން ޖެހެއެވެ. ހޮސްޓެލް ފީގެ ގޮތުގައި ކުރިން ނަގަނީ މަހަކު 120 ރުޕީސް (1.60 ޑޮލަރު) - 240 ރުޕީސް (3 ޑޮލަރު) އާ ދެމެދުގެ އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

އެ ޔުނިވަރސިޓީގެ އެޑްމިނިސްޓްރޭޝަން އިން ބުނީ ފީތައް ދިރާސާ ކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. އަދި ހޮސްޓެލް ފީ އަށް ބަދަލު ނުގެންނަތާ ތިރީހަކަށް އަހަރުވެފައިވާ ކަމަށް ބުނާއިރު އެ ޔުނިވަރސިޓީއަކީ އިންޑިއާގެ ސަރުކާރުން ހިންގާ ތަނެކެވެ.

ޖަވާހަރްލާލް ނެހްރޫ ޔުނިވަރސިޓީގައި މުޅި ޖުމްލަ 8000 ކުދިން ކިޔަވަމުންދާއިރު، ދާދި ފަހުން މުޒާހަރާ ކުރާ ދަރިވަރުން އެ ގައުމުގެ ޕަރލިމަންޓަށް ދާން މަސައްކަތް ކުރުމުން އެކަން ހުއްޓުވަން އުޅުނު ފުލުހުންނާ ދަރިވަރުންނާ ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ.

- ކޮމެންޓް