Advertisement
ކ. މާލެ
|
24 ނޮވެންބަރ 2019 | އާދީއްތަ 12:11
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުން
މިހާރު އިންތިހާއަށް ކުޑަކުދިންނާ "ބެހެން" ފަށައިފި: ރައީސް ނަޝީދު
13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްދީ، ސެޓްފިކެޓެއް ވެސް ވަނީ ދީފައި
އެ ސެޓްފިކެޓް ހިފައިގެން ބޯހިޔާވަހިކަން ހޯދަން ސަރުކާރުގެ އިދާރާއަކަށް ހުށަހެޅި
ސަރުކާރުގެ އިދާރާއަކުން އެ ސެޓްފިކެޓް ވަނީ ބަލައިވެސް ގަނެފަ

މިހާރަކަށް އައިސް ކުޑަކުދިންނާ އިންތިހާއަށް "ބެހެން" ފަށައިފި ކަމަށާއި އެއީ ވަރަށް ބޮޑަށް ކަންބޮޑުވެ ވަޑަގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Advertisement

ލ. އަތޮޅުގައި މިހާރު ކުރިއަށްދާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންގެ އަދުލްގެ ނިޒާމާބެހޭ ސެމިނާ އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން، ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޒަމާނުއްސުރެން ދިވެހިން ކުޑަކުދިން ބަލާ ބޮޑު ކުރުމުގައި ގެންގުޅުނު ޘަގާފަތާއި، އާދަކާދަތައް، ބަދަލުވެ، ކުޑަކުދިންނަށް އެކި ގޮތްގޮތުން ދެމުންދާ އަނިޔާތައް އިތުރުވެ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުންދާ މައްސަލަތައް އިންތިހާއަށް އިތުރުވެ، އުމުރުން 12 ނުވަތަ 13 އަހަރުގެ އަންހެން ދަރިން، މީހުންނާ އިނދެވޭނެ ކަމަށް ބުނެ އެދައްކަމުންދާ ވާހަކަތަކަކީ ދިވެހިންނާ ވަރަށް ބީރައްޓެހި ވާހަކަތަކެއް ކަމަށެވެ.

ބޮޑުތަރުތީބު އަޅުގަނޑުމެންނަށް ހަގީގަތުގައި ލިބުނީ ގާތްގަނޑަކަށް 1800ގެ ފަހުކޮޅު. ނައިބު ތުއްތު ބޮޑުތަރުތީބު ލިޔުއްވީ 1800 އަހަރުތަކުގެ ތެރޭގައި. އަދި އޭގެ މާކުރީގައި ހަސަން ތާޖުއްދީންގެ ރުތުބަތުގައި، ތާޖުއްދީން ފަނޑިޔާރު މަނިކުފާނު މަނާކުރައްވައިފި ދިވެހިރާއްޖޭގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުން. ބޮޑުތަރުތީބު ވަރަށް ރަނގަޅަށް ކިޔާދީފި، ކުޑަކުދިން ބޮޑެތި ކުރާނެ ގޮތް، އަދި ކުޑަކުދިން ގެންގުޅޭނެ ގޮތް. އަޅުގަނޑުމެންގެ ފޫޅުމައިންނާއި އަޅުގަނޑުމެންގެ އެދުރުންނާއި އެދުރު ދައިތައިން އަޅުގަނޑުމެން ބޮޑެތި ކުރަމުންއައި ގޮތްތަކެއް އެއީ މިދިވެހިރާއްޖެ އުފެއްދި ގޮތަކީ. އެހެންނަމަވެސް އެ ރާއްޖޭގައި އަޅުގަނޑުމެންނަކަށް ނުތިބެވުނު، އެރާއްޖެ އަޅުގަނޑުމެންގެ އަތުން ބީވާން ފަށައިފި. އައިސް އަނެއްކާ ބުނެފި 13 އަހަރު، 12 އަހަރު، 9 އަހަރު ކުދިންނާ އިނދެވޭނޭ، ޖިންސީ ގުޅުން އުފެއްދޭނޭ، އެމީހުންނާއެކީގައި ކައިވެނިކޮށްގެން އުޅޭވޭނޭ. ދިވެހިންގެ ހިތްތަކަށް ވަރަށް ބީރައްޓެހި ވާހަކަތަކެއް ދައްކަން ފަށައިފި، ކުޑަކުދިންނަށް އަނިޔާކުރެވޭނޭ، އެކުދިންނަށް ހަރުކަށި އަދަބު ދެވޭނޭ ބުނެ ކުއްލިއަކަށް މުޅިން އެހެން ފަލްސަފާއެއް ފެތުރެން ފަށައިފި،
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ ކޯޓުން ބޭރުން ކުޑަކުދިންނާ އިނުމާއި، ޖިންސީ ގޯނާކުރުން ފަދަ ކަންކަމަކީ ކުރީޒަމާނުގައި ރާއްޖޭގެ އާންމު ގޭތަކުގައި ތެރޭގައި ހިންގަމުން އަންނަ ކަންކަންކަމަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.

އަޑުގަނޑުމެންނަށް ބައެއް ފަހަރަށް ހިތަށް ވަދޭ، މިއަދުހެއްޔޭ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން މިއިތުރުވީ، މީގެކުރީގައި ނެތްކަމެއް މިއަދު އަޅުގަނޑުމެންގެ ތެރެއަށް ފާޅުވެގެން އާންމުވެގެން ފެތުރިގެންދަނީތޯއޭ. ފާހަގައެއް ނުވޭ ކުޑަކުދިންނަށް ޖިންސީ ގޯނާ މިރާޖޭގައި (އުސޫލެއްގެ ގޮތުން) އާންމުންގެ ގޭގެ ތެރޭގައި ހިނގަމުން އަންނަކަމަކަށް. އާދެ އަޅުގަނޑުމެންގެ ގޭތަކުގެ ތެރޭގައި ރަށްރަށުގައި ވެސް އަދި މާލޭގެ ގޭތަކުގައި ނޭދެވޭ އެތައް ކަމެއް އެބަހިނގާ،
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުގައި މީހަކާ އިނދެ، އެކައިވެނި ކޮށްދިން ފަރާތުން އެކުއްޖާއަށް ކައިވެނީގެ ސެޓްފިކެޓެއް ދީފައިވާއިރު، އޭނާ ގޯއްޗަކަށް އެދެން ބޭނުންވީމައި، އެ ސެޓްފިކެޓް ދައުލަތުގެ އިދާރާއަކަށް ހުށަހެޅުމުން އެސެޓްފިކެޓް އެ އިދާރާއިން ބަލައިގަނެފައިވާކަން އެނގިވަޑައިގަންނަވާފައިވާ ކަމަށެެވެ.

"އިއްޔެގާވެސް އަޅުގަނޑަށް އަޑުއިވުނީ، 13 އަހަރުގެ ކުއްޖަކާ މީހަކު އިނދެފަ، އޭނައަށް އެކައިވެނި ކޮށްދިން މީހުން އޭނާއަތަށް ސެޓްފިކެޓެއް ދީފަ، އަދި އޭނާ ގޯއްޗަކަށް އެދެން ބޭނުންވީމާ، އެސެޓްފިކެޓް ގޮސް ސަރުކާރުގެ ވުޒާރާތަކަށް ހުށަހަޅާފައި، ސަރުކާރުގެ ވުޒާރާތަކުން އެ ސެޓްފިކެޓް ބަލައިގަތްފައި އޮތްކަން. އަނދިރި ދައުލަތެއް. މުޅިން އެހެން ނިޒާމެއް. މިއޮތް ވާދަކުރަނީ އަޅުގަނޑުމެންގެ މިއޮތް ޝަރުއީ ނިޒާމާ، އަޅުގަނޑުމެންގެ ގާނޫނުތަކާ،
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މީގެ އެތައް ޒަމާނެއް ކުރިންވެސް ކުޑަކުއްޖަކަށް އަނިޔާ ކޮށްފިނަމަ ކަމާ ބެހޭ ފަރާތްތަކުން އެކަމަަށް ފިޔަވަޅު ނާޅައި ދޫކޮށްނުލާ ކަމަށެވެ. އެހެން ނަމަވެސް މިހާރު މައްސަލަ ތަހުގީގު ކުރާ ކަމަށް ނުވަތަ ފޮރެންސިކް ތަހުލީލު ކުރާކަމަށް ބުނެ މައްސަލަ ދިގުދަންމާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
24 ނޮވެންބަރ 2019 | އާދީއްތަ 13:14
2008
2008 ގަ ފެށުނު ސަރުކާރުން މާލޭގެ ސްކޫލްތަކުގެ އަންހެން ފިރިހެން މައްސުނިކުރީ. ގްރޭޑް8،9،10 ގަ ވެސް އަންހެން ކުދީން ފިރިހެން ކުދީން އެއްކުރީ. ބޮޑުވަމުން އަންނަ އުމުރުގަ އަންހެން ފިރެހެންސްކޫލްތަކުގަ އެއްކޮށް ފަ ދެން ތިހެން ކިޔާނެ ކަމެއް ނެތް. ދެން ވެސް އަންހެން ފިރިހެން ވަކިކުރޭ. އިސްލާމީ ތަރުބިއްޔަތު ދޭން ފަށާ. ބާލިގު ވީމަ ކައިވެނި ކުރަން ބޭނުން ކުދީންނަށް އެ ފުރުސަތު ހޯދައިދީ. އިސްލާމީ ޝަރީއަތުގަ ހުރިހާ ކަމެއްވެސް ބަރާބަރު ވާނެ. މިހާރުގެ ވަލީއުލް އަމްރަށް ހެޔޮވިސްނުން ދެއްވާށި. އާމީން