ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 11:21
އެފްއޭއެމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެފްއޭއެމްގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެފްއޭއެމް
އެފްއޭއެމް
ބްލައިންޑް ފުޓުބޯޅަ ދިވެހިރާއްޖެއަށް!
ރާއްޖޭގެ ސްޕެޝަލް އެތްލީޓުން އަންނަނީ ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް މެޑަލް ހޯދަމުން

ދުނިޔޭގެ ފެންވަރުގައި ކުޅެމުން އަންނަ ބްލައިންޑް ފުޓުބޯޅަ ދިވެހިރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

ބްލައިންޑް ފުޓުބޯޅަ ރާއްޖެއަށް ތައާރަފުކޮށްފައިވަނީ ހުކުރު ދުވަހު ހަވީރު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަޚްލޫފާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މައުރޫފް އަހްމަދު (މާއްޓޭ) އާއި ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އަދި ޕެރަލިމްޕިކް ކޮމިޓީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބްލައިންޑް ފުޓުބޯޅަ ކުޅުމަށް ތައްޔާރުކޮށްފައިވާ ބޯޅަ ކުޅިވަރާ ބެހޭ ވަޒީރު ވަނީ އެފްއޭއެމްގެ ރައީސް ބައްސާމާއި ހަވާލުކޮށްފައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަޚްލޫފް ވިދާޅުވީ ރާއްޖޭގެ ސްޕެޝަލް އެތުލީޓުން ބައިނަލްއަގްވާމީ މުބާރާތް ތަކުން ރާއްޖެއަށް ރީތި ނަން ހޯދައިދެމުން އަންނަ ކަމަށާއި، އެ މަގު އެތުލީޓުންނަށް ފަހިކޮށްދިނުމަށް ކުޅިވަރު އެސޯސިއޭޝަން ތަކާއި، ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އާއި ޕެރަލިމްޕިކް ކޮމިޓީގެ އިތުރުން ބެލެނިވެރިންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ ބްލައިންޑް ފުޓުބޯޅަ ރާއްޖެއަށް ތައާރަފުވެގެން ދިޔުމަކީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށާއި ބްލައިންޑް ފުޓުބޯޅަ ރާއްޖޭގައި ކުރިއެރުވުމަށް އެފްއޭއެމް އިން އެއްބާރުލުން ދޭނެ ކަމަށެވެ.

ބްލައިންޑް ފުޓުބޯޅަ ރާއްޖެއަށް ތައާރަފުކުރި އިރު ރާއްޖޭގެ ސްޕެޝަލް އެތްލީޓުން އަންނަނީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވާދަކޮށް މެޑަލް ހޯދަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
23 ނޮވެންބަރ 2019 | ހޮނިހިރު 15:14
Maldives Paralympic Committee
ޝުކުރިއްޔާ ރާއްޖެނިވްސް! ތިޔަ ނޫސްތަކަކީ ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލިބިފައިވާ ފުރުޞަތުތައް ހާމަކޮށްދީ މިކަންކަމުގައި އެފަދަ ފަރާތްތައް ބައިވެރިވުމަށް ހިތްވަރުދީ ބާރުވެރިކުރުމަށް ބޭނުންކުރެވޭނެ އެއް ވަޞީލަތް! މިކަމުގައި އަބަދުވެސް ޕެރަލިމްޕިކް ކޮމިޓީގެ ބައިވެރިއެއްގެ ގޮތުގައި ދެމިތިބުމަށް ދަޢުވަތުއަރުވަން! #ޖަޒީރާރާއްޖެ...