Advertisement
ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 07:41
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
ރާއްޖެ އެމްވީ
އެމްޑީޕީ
ޝިފާޒް އަށް 13233 ވޯޓު، އަސްލަމް އަށް 9957 ވޯޓު
ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ 2:00 އިން 7:00 އަށް

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސް ކަމުގެ މަޤާމަށް އެޕާޓީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް 13233 ވޯޓުން އިންތިޚާބުވެ ވަޑައިގެންފިއެވެ.

އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް މީހުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވޯޓުލުން ހުކުރު ދުވަހު 2:00 އިން 7:00 އަށް ބާއްވާފައިވާއިރު ޝިފާޒް ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި ވާދަ ކުރައްވައިގެންނެވެ.

Advertisement

ވަގުތީ ނަތީޖާ އިޢުލާނުކޮށްފައިވާއިރު، މިހާތަނަށް ލިބުނު 172 ވޯޓު ފޮށިން ޝިފާޒް އަށް 13233 ވޯޓު ލިބިލެއްވިއިރު އަސްލަމް އަށް ލިބިލެއްވީ 9957 ވޯޓެވެ.

މޯލްޑިވިއަން ޑެމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެގޮތުން ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނީ 23 ޖޫން 2005 ގައެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީވެސް މެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް