Advertisement
ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 02:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑިޕީގެ ރައީސް މުހައްމަދު ނަޝީދު
އަންޖު
އެމްޑީޕީ
އެމްޑީޕީގެ ރައީސްގެ މަޤާމަށް އަނެއްކާވެސް ރައީސް ނަޝީދު
އިންތިޚާބުގައި ޖުމްލަ 87439 މީހުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވޭ
ރައީސްގެ މަގާމަށް ރައީސް ނަޝީދު ހޮވިވަޑައިގެންނެވީ ފެންނަ ނުފެންނަ ވޯޓެއް
މިހާތަނަށް އެމްޑީޕީގެ ރައީސްގެ މަގާމު ފުރުއްވާފައިވަނީ ރައީސް ނަޝީދު އެކަނި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުސަވެފައިވާ ރައީސް ކަމުގެ މަޤާމަށް އަނެއްކާވެސް އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުވެ ވަޑައިގެންފި އެވެ.

އެމްޑީޕީގެ ރައީސްގެ މަޤާމަށް ކުރިމަތި ލައްވާފައި ވަނީ ވެސް ރައީސް ނަޝީދު އެކަންޏެވެ. އެހެންކަމުން މި ފަހަރުގެ އިންތިހާބުގައި ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

Advertisement

އިންތިޚާބުގައި ޖުމްލަ 87439 މީހުން ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ސިޔާސީ ޕާޓީއެވެ. އެގޮތުން ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީގެގޮތުގައި އެމްޑީޕީ ރަޖިސްޓްރީކުރެވުނީ 23 ޖޫން 2005 ގައެވެ. އަދި މިއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީވެސް މެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް