Advertisement
ކ. މާލެ
|
23 ނޮވެންބަރ 2019 | ހޮނިހިރު 01:02
ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް
ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް އަބްދުﷲ ޔާމީން
އެމްޕީ ލަތީފު އަލުން އަނބުރާ ޕީޕީއެމަށް
އެންމެ ފުރަތަމަ ހުންނެވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި
ރައީސް ޔާމީނުގެ އަރިސް ބޭފުޅެއް
ޖޭޕީ އަށް ވެސް ސޮއި ކުރެއްވި

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުޙައްމަދު ލަތީފު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގެންފިއެވެ.

މެމްބަރު ހުސައިން މުޙައްމަދު ލަޠީފު ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ޕޮރޮގްރެސިވް ކޯލިޝަނުން ކާނިވާ ޞަރަޙައްދުގައި ހުކުރުދުވަހުގެރޭ ބޭއްވި ''ހިބަރު ވަދު'' ޖަލްސާގައެވެ. ރައީސް ޔާމީނުގެ އަރިސް ބޭފުޅެއް ކަމަށްވާ ހުސައިން މުޙައްމަދު ލަޠީފަކީ މީގެ ކުރިންވެސް ޕީޕީއެމްގެ މެމްބަރެކެވެ.

Advertisement

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުން ގެންދެވެމަށް ފަހު ހުސައިން މުޙައްމަދު ލަޠީފު ވަނީ ޖޭޕީ އަށް ވެސް ފަހުން ސޮއިކުރައްވާފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުސައިން އިންތިޚާބުވެވަޑައިގެންނެވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ.

ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އައްސަދު ފޯމާއި ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަނީ. ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

ހުސައިން މުޙައްމަދުގެ އިތުރުން އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު އައްސަދުވެސް ވަނީ ޕީޕީއެމާއި ގުޅިވަޑައިގެންފައެވެ. އެ ޖަލްސާގައި އިތުރު ބަޔަކުވެސް ވަނީ ޕާޓީއާ ގުޅިފައެވެ.

މީގެ ކުރިން ޕީޕީއެމް ގައި އިސްކޮށް އުޅުއްވި ގިނަ ބަޔަކު ވަނީ އެ ޕާޓީ ދޫކޮށް ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
23 ނޮވެންބަރ 2019 | ހޮނިހިރު 07:10
އިއްސެ
ޔާމީންއަށް ހަމަނުލިބުނީތަ މިވެރިން ނޫނީ ޕާޓީއަށް ބައިވެރިކުރަން..... ހަމަ ރަގަޅަށް ތިޔަ ބުނީ ލަޑަޔާވާނީ ހަމަ ލަޑަޔަށް
23 ނޮވެންބަރ 2019 | ހޮނިހިރު 05:31
ޢައްލާ
ޢެއްވެސްކަމެއް ނުވީމާ ޖެހިވަޅައް ޖެހީ
23 ނޮވެންބަރ 2019 | ހޮނިހިރު 01:56
އދުރު ހަސަން
މުސްކުޅިން ބުނެ އުޅެއް ނުން. ލަނޑަޔާއި ވާނީ ލަނޑަޔާއި.