ކ. މާލެ
|
22 ނޮވެންބަރ 2019 | ހުކުރު 21:59
އިރާޤް މުޒާހަރާގެ ތެރެއަށް ސިފައިން ކަރުނަ ގޭސް ސްޕްރޭ ކުރަނީ
އިރާޤް މުޒާހަރާގެ ތެރެއަށް ސިފައިން ކަރުނަ ގޭސް ސްޕްރޭ ކުރަނީ
އަލްޖަޒީރާ
އިރާޤް މުޒާހަރާ
އިރާޤު ފުލުހުން ދިން ޙަމަލާތަކެއްގައި ޢާންމުންގެ 3 މީހުން މަރުވެއްޖެ
 
އިރާޤު ރައްޔިތުން މުޒާހަރާކުރަމުންދަނީ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް އިޞްލާޙު ކުރުމަށް ގޮވާލާ
 
ބުރާސްފަތި ދުވަހު ދިން ޙަމަލާތަކުގައި 8 މީހުން މަރުވި
 
ސަލާމަތީ ބާރުތަކުން މިއަދު ދިން ޙަމަލާތަކުގައި 3 މީހުން މަރުވި

އިރާޤު ސަރުކާރާއި ދެކޮޅަށް އެޤައުމުގައި މުޒާހަރާ ކުރަމުންދާ މީހުންނަށް ޢަމާޒުކޮށް އެޤައުމުގެ ސަލާމަތީ ބާރުތަކުން ދިން ޙަމަލާއެއްގައި ތިން މީހުން މަރުވެއްޖެއެވެ.

އިރާޤުގެ ސަލާމަތީ މަސްއޫލުވެރިންނާއި ޞިއްޙީ އޮފިޝަލުންނާިއ ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ވެރިރަށް ބަޣްދާދުގައި މުޒާހަރާ ކުރަމުންދިޔަ މީހުންނާިއ ދެކޮޅަށް ސަލާމަތީ ބާރުތަކުން ދިން ޙަމަލާތަކުގައި ތިން މީހުން މަރުގެ ގިނަ ޢަދަދެއްގެ މީހުން ވަނީ ޒަޚަމްވެފައެވެ.

ޙަމަލާދިން ވަގުތު ސަރުކާރާއި ދެކޮޅަށް އަޑުއުފުލާ މުޒާހަރާ ކުރަމުންދިޔައީ ބަޣްދާދުގެ މެދުތެރޭ ގްރީޒް ޒޯން ޞަރަހައްދުގައެވެ. މި ހަމަލާތަކުގައި 27 މީހުން ޒަޚަމްވެފައިވާކަމަށް ރޮއިޓާރސް ނިއުސް އޭޖެންސީން ކަށަވަރުކޮށްދެއެވެ. ރޮއިޓާރސްއިން ރިޕޯޓުކުރާގޮތުގައި ދެ މީހުން މަރުވެފައިވަނީ ސިފައިން ދިން ޙަމަލާއެއްގައި ލައިވް ވަޒަންތަކެއް އަރައިގެންނެވެ. އަދި ތިންވަނަ މީހާ މަރުވީ ސިފައިން ފޮނުވާލި ކަރުނަ ގޭސް ކެނިސްޓަރ އަކުންނެވެ.

ދަ އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ޚަބަރު ފަތުރާގޮތުގައި އިރާޤު ސިފައިން މުޒާހަރާއަށް ޢަމާޒުކޮށްދެމުންދާ ޙަމަލާތަކުގައި ބުރާސްފަތިދުވަހު އެކަނިވެސް 8 މީހުން މަރުވެ 80 މީހުން ޒަޚަމްވިއެވެ.

އިރާޤުގެ ޢާންމު ރައްޔިތުން މުޒާހަރާ ކުރަމުންދަނީ ސަރުކާރުން ކޮރަޕްޗަނުގެ ޢަމަލުތައް ހިންގާ ކަމަށް ބުނެއެވެ. އަދި ވަޒީފާގެ ފުރުޞަތުތައް ނެތުމާއި، އީރާނާށް ވާގިވެރިވެދޭކަމަށް ބުނެއެވެ. މުޒާހާރާ ކުރަމުންދާ މީހުންގެ ތެރޭގައި ގިނައީ ތަޢުލީމީ ޒުވާނުންނެވެ. އަދި މެދު ފަންތީގެ މަސައްކަތްތެރިންނާއި، ނިޞްބަތުން ފަޤީރު ޝިޢީ މުސްލިމުންވެސް މުޒާހަރާގައި ގިނަ ޢަދަދަށް ބައިވެރިވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މުޒާހަރާ ކުރަމުންދާތާ ފަސް ހަފުތާ ވެފައިވާއިރު، ގޮވާލާ ކޮންމެ ފަހަރަކު މަދުވެގެން 200 ހާސް މީހުން މުޒާހަރާތަކުގައި ބައިވެރިވަމުން އަންނަ ކަމަށް މަޢޫލޫމާތު ލިބެއެވެ. އިރާޤުގައި ހުންނަ އދ ގެ އޮފީހުން ހާމަކުރާ ގޮތުގައި ފާއިތުވި ފަސް ހަފުތާގައި ޢާންމުން ކުރި މުޒާހަރާތައް ކޮންޓްރޯލް ކުރަން ކަމަށްބުނެ، ސިފައިންނާއި ފުލުހުން ދިން ޙަމަލާތަކުގައި 320 މީހުން މަރުވެ، 15 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިރާޤުގެ ސަލާމަތީ ބާރުތަކުން ބުނަމުންދަނީ ޤަސްދުގައި އެއްވެސް މީހަކު މަރަން ނުވަތަ ޒަޚަމްކޮށްލަން ޙަމަލާދީފައި ނުވާނެކަމަށެވެ. މުޒާހަރާތަކުގެ ބައިވެރިން ކޮންޓްރޯލުން ނެއްޓި ޢާންމު ދިރިއުޅުމަށް އުނދަގޫވާ ހިސާބަށް ކަންތައް ދިޔުމުން މުޒާހަރާ ހުއްޓުވަން ރަބަރު އުންޑައާއި ކަރުނަގޭސް ސްޕްރޭކުރާކަމަށް ފުލުހުން ބުނެއެވެ. އަދި އެއްވެސް ޙާލެއްގައި ލައިވް ވަޒަން ބޭނުންކޮށްގެން އާންމުންނަށް ޢާމާޒުކޮށް ޙަމަލާދީފައި ނުވާނެކަމަށް އިރާޤުގެ ސަލާމަތީ ބާރުތަކުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އިރާޤުގެ މަޞްރަޙު ގާތުން ބަލަމުންދާ ބޭރުގެ މުރާސިލުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުން މިކަން ދޮގުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ލީވާން އަލީ
0%
0%
67%
33%
0%
0%
ކޮމެންޓް