Advertisement
ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 18:57
ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން
ރާއްޖެއެމްވީ
ޖޭއެސްސީ
މާލީބަޔާން ހުށަނާޅާ ފަނޑިޔާރުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނަން: ޖޭއެސްސީ
އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ ހިސާބުތައް ހުށަހަޅަންޖެހޭ
ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި މާލީބަޔާން ހުށަހަޅަންޖެހޭ

މާލީބަޔާން ހުށަނާޅާ ފަނޑިޔާރުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) އިން ބުނީ ދިވެހިރާއްޖޭގެ ކޮންމެ ފަނޑިޔާރުކު ކޮންމެ އަހަރަކު އެއްފަހަރު އެމީހެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާ ހިސާބުތަކާއި އަރަންޏާ ދަރަނި ހާމަކޮށް މިކޮމިޝަނަށް ހުށަހަޅަންޖެހޭ ކަމަށެވެ.

Advertisement

ޖޭއެސްސީން ބުނީ މާލީ ބަޔާން ހުށަހެޅުމުގެ މަގުސަދު ހާސިލް ކުރުމަށް، މާލީ ބަޔާން ހުށަހަޅާ އުސޫލު މުރާޖައާކޮށް، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކޮމިޝަނަށް ހުށަހަޅާ މާލީ ބަޔާންތައް އޮޑިޓް ކުރުމަށް 20 ނޮވެންބަރު 2019 ވީ ބުދަ ދުވަހު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ބުނީ މިހާތަނަށް މާލީ ބަޔާން ހުށަނާޅުއްވާ ފަނޑިޔާރުން، މާލީ ބަޔާން ހުށަހެޅަންޖެހޭ ކަމަށާއި، ކުރިއަށްއޮތް ތަނުގައި ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި މާލީބަޔާން ހުށަނާޅާނަމަ، އެފަނޑިޔާރަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް