ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 18:43
ޔަންމާ ސާރވިސް ކެމްޕެއިން ފެށުން
ޔަންމާ ސާރވިސް ކެމްޕެއިން ފެށުން
ޓްވިޓަރ
އެމްޓީސީސީ
ގއ. އަތޮޅުގައި "ޔަންމާ ސަރވިސް ކެމްޕެއިން" ފަށައިފި
މިފަދަ ކެމްޕެއިންތައް ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުމަށް ވަނީ ނިންމާފައި
ކެމްޕޭންގެ މަގްސަދަކީ ކަސްޓަމަރުން ހޭލުންތެރި ކުރުވުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޔަންމާ އޭޝިއާ ގުޅިގެން ގއ. އަތޮޅުގައި "ޔަންމާ ސަރވިސް ކެމްޕެއިން" ފަށައިފި އެވެ.

ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 23ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕޭނަކީ ކަސްޓަމަރުން ހޭލުންތެރި ކުރުވުމާއި އެކު ކުންފުންޏާއި ކަސްޓަމަރުން ނާއި ދެމެދު އޮންނަ ދުޅުން ބަދަހިކޮށް ގާތް ގުޅުމެއް ދެމެހެއްޓުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. ޔަންމާ ސާރވިސް ކެމްޕޭންގެ ދަށުން ގއ. ގެމަނަފުށި އަދި ދާންދޫގައި އެމްޓީސީސީ އަދި ޔަންމާ އޭޝިއާ ސިންގަޕޯރ ކޯރޕްރޭޝަންގެ ސޭލްސް، މާކެޓިން އެންޑް ޓެކްނިކަލްގެ ޓީމުން ތިންދުވަހަށް ހަރަކާތްތެރިވަމުން ދާނެއެވެ.

މި ކެމްޕޭންގެ ތެރެއިން ޔަންމާގެ ޓެކްނިކަލް ޓީމްތަކުން ޔަންމާ އިންޖީން އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް އިންޖީނުތައް ސަރވޭ ކުރުމާއި ކަސްޓަމަރުންނަށް ޖެނުއިން ސްޕެއަރ ޕާޓްސް ބޭނުންކުރުމުގެ މުހިއްމުކަން ހާމަކޮށްދިނުމާއި އެކު ހޭލުންތެރި ކުރުމުގެބ ހަރަކާތްތަކެއް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުންނެވެ. އަދި ސްޕެއަރޕާޓްސް ގެ އެކި ބޭނުންތަކާއި އިންޖީން އޯވަހޯލް ކުރުމުގެ މަސައްކަތަށް ކަސްޓަމަރުން ތައްޔާރުވާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކުރެވޭނެ އެވެ. މި ކެމްޕެއިންގެ ތެރެއިން ސަރވޭ ކުރެވޭ ކޮންމެ އިންޖީނަކަށް ޔަންމާ މެއިންޓެނެންސް ކިޓެއް ހަދިޔާ ކުރެވޭނެ އެވެ.

މީގެއިތުރުން މި ކެޕެއިންގައި ބައިވެރިވާ ކަސްޓަމަރުންނަށް އިންޖީނުގެ ސްޕެއަރޕާޓްސް ގަތުމަށް ޚާއްސަ އަގެއް ކަނޑައެޅިފައި ވެއެވެ.

އެމްޓީސީސީގެ އަމާޒަކީ މިފަދަ ކެމްޕެއިންތައް ކުރިއަށް އޮތް އަހަރުތަކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގުން ކަމަށް އެކުންފނިން ބުންޏެވެ. އަދި މިއަހަރުތެރޭގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ޕްރޮޑަކްޓްތަކަށް ޚާއްސަކޮށްގެން އެމްޓީސީސީންވަނީ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމުތަކާއި ތަމްރީން ޕްރޮގްރާމުތައް ހިންގާފައެވެ.

- ކޮމެންޓް