Advertisement
ކ. މާލެ
|
21 ނޮވެންބަރ 2019 | ބުރާސްފަތި 04:42
އދ މަންދޫ
އދ މަންދޫ
ގޫގުލް
އދ މަންދޫ
މަންދޫއިން ގެއްލިގެން ހޯދަމުން ދިޔަ 83 އަހަރުގެ މީހާ ފެނިއްޖެ
އެމީހާ ފެނުނީ ވަލުތެރެއިން
އެމީހާގެ ހާލު ރަނގަޅު ރަނގަޅު ކަމަށް ވެސް މައުލޫމާތުލިބޭ

އދ މަންދޫގައި ގެއްލިގެން ހޯދަމުން ދިޔަ 83 އަހަރުގެ ފިރިހެން މީހާ ފެނިއްޖެއެވެ.

ފުލުހުންގެ ބުނީ މަންދޫއިން ގެއްލުނު މީހާ ފެނުނީ ވަލުތެރެއިން ކަމަށާއި، އެމީހާ ފެނުނުއިރު ހާލު ރަނގަޅު ކަމަށެވެ.

Advertisement

ފުލުހުން އެމީހާ ގެއްލިގެން ހޯދަން ފެށީ ބުދަ ދުވަހުގެ އިޝާ ނަމާދަށް ފަހު ވީނުވީއެއް ނޭގިގެން، އެކަމުގެ މައުލޫމާތު ބުދަ ދުވަހުގެރޭ 21:35 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެންނެވެ. ފުލުހުންގެ ޓީމަކުން ވަނީ އެރަށަށް ގޮސް އޭނާ ހޯދުމުގެ މަސައްކަތް ވެސް ކޮށްފައެވެ.

މިމައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް