Advertisement
ކ. މާލެ
|
20 ނޮވެންބަރ 2019 | ބުދަ 12:47
އިލެކްޝަން ކޮމިޝަންގެ މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
އިލެކްޝަން ކޮމިޝަންގެ މެމްބަރުން ނޫސްވެރިންގެ ބައްދަލުވުމެއްގައި
ޝުއައިބް މުހައްމަދު އިގްބާލް
އިލެކްޝަން ކޮމިޝަން
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް ހަތަރެއްގައި ބާއްވަނީ
އީސީން އެކަން އިއުލަން ކުރީ ބުދަ ދުވަހު
ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވޭ
އޮފިޝަލުންގެ އަދަދު ގިނަވާނެ

ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ގޮތަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ވޯޓުލާ އަދަދު 700 އަށް ވުރެ އިތުރު ނުވާނޭހެން ބަދަލު ކުރުމަށް މަޝްވަރާ ތަކެއް ކުރެވެމުންދާ ކަމަށް އޯގަސްޓު މަހުގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ.

Advertisement

އަދި ވޯޓު ފޮއްޓަށް ވޯޓު ލާ އަދަދު މަދު ކުރެވުމުން ވޯޓު ފޮށީގެ އަދަދު އިތުރުވުމުގެ އިތުރުން އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ގެ އަދަދަދުވެސް އިތުރު ވާނެ ކަމަށް އީސީން ބުނެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ފޮށިތައް ދިވެހިން ދިރިއުޅޭ ބޭރު ގައުމުގައި ބަހައްޓާ ގޮތަށްވެސް އީސީން ވަނީ ނިންމާފައވެެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް