ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 19:54
ޑޮނާލްޑް ޓްރަމްޕް
ޑޮނާލްޑް ޓްރަމްޕް
ގޫގުލް
އެމެރިކާ
އެމެރިކާއަށް ދޭ ޓެރަރިސްޓު ހަމަލާތަކުގައި މުސްލިމުން ހަރަކާތްތެރިވާ މިންވަރު މަދު: ދިރާސާ
2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމަޔަށް އެމެރިކާއަށް ދިން 201 ޓެރަރިސްޓު ހަމަލާތައް ދިރާސާކުރުމުން ލިބުނު ނަތީޖާކަން ފާހަގަކޮށްލެވޭ
މި ހަމަލާތައް ދިނުމުގައި އެންމެ ބޮޑަށް އަދި އެންމެ ގިނައިން ބައިވެރިވެފައިވަނީ ރައިޓްވިންގް އެކްސްޓްރި .މިސްޓުން

އެމެރިކާއަށް ދެމުންގެންދާ ހަމަލާތަކުގައި މުސްލިމުން ޝާމިލުވާ މިންވަރު ވަރަށް މަދު ކަމަށް އެމެރިކާގެ "އިންވެސްޓިގޭޓިންގ ފަންޑް" އިން ކުރިޔަށް ގެންދިޔަ ދިރާސާ އަކުން ހާމަވެއްޖެއެވެ.

އެއީ 2008 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމަޔަށް އެމެރިކާއަށް ދިން 201 ޓެރަރިސްޓު ހަމަލާތައް ދިރާސާކުރުމުން ލިބުނު ނަތީޖާކަން ފާހަގަކޮށްލެވެއެވެ. އެ ނަތީޖާތަކުން ދައްކާގޮތުގައި މި ހަމަލާތައް ދިނުމުގައި އެންމެ ބޮޑަށް އަދި އެންމެ ގިނައިން ބައިވެރިވެފައިވަނީ ކަނާތުފިޔައިގެ ހައްދުފަހަނައަޅާފައިވާ ފަރާތްތަކުންނެވެ.

ރިޕޯޓްތަކުން ދައްކާގޮތުގައި 201 ހަމަލާގެ ތެރެއިން 63 ހަމަލާދިނުމަށް ވާގިވެރިވި ޓެރަރިސްޓު ޖަމާޢަތްތަކަކީ ސިޔާސީ ވިސްނުންތަކާއި ޤަބޫލުކުރުންތަކެއްގެ މައްޗަށް ބުރަވެ ތިބި އިސްލާމީ ޤައުމަކުން ދީފައިވާ ހަމަލާތަކެކެވެ. މީގެ ތެރޭގައި ސެން ބަނާޑިނޯ ޝޫޓިންގްސް އާއި ބޮސްޓަން މެރެތަންއަށް އަމާޒުކޮށްދިން ޙަމަލާ ހިމެނޭ ކަމަށް ވެސް ދިރާސާގައި ބުނެފައިވެއެވެ. އަދި 45 ހަމަލާއެއް އެމެރިކާއަށް އަމާޒުކޮށްގެން ދީފައިވަނީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ރައިޓްވިންގް އެކްސްޓްރީމިސްޓުންނެވެ.

އެމެރިކާއަށް ދެމުންގެންދާ ޓެރަރިސްޓު ހަމަލާތަކުގެ ތެރެއިން ފުލުހުންނަށް ފިޔަވަޅު އެޅިފައިވަނީ މުސްލިމުންގެ ޖަމާޢަތްތަކުގެ 76 އިންސައްތަ ހަމަލާއަކަށެވެ. ނަމަވެސް ރައިޓްވިންގް އެކްސްޓްރީމިސްޓުންގެ 36 އިންސައްތަ ހަމަލާއަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެއެވެ.

ދެހާހުގެ އަހަރުތަކުގައި އެމެރިކާއަށް ދިން ޓެރަރިސްޓު ހަމަލާތަކުގައި 400 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

- ކޮމެންޓް