Advertisement
ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 14:55
މަޖިލިސް މެމްބަރުން
މަޖިލިސް މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ބަޖެޓް 2020
2020 ގެ ބަޖެޓަށް 76 މެމްބަރުން ބަހުސްކުރައްވާ ބަޖެޓް ބަހުސް ނިންމާލައިފި
ބަޖެޓް ބަހުސަށް 16 ގަޑިއިރު މެމްބަރުން ހޭދަކުރެއްވި
ބަޖެޓް ދިރާސާކުރާ ކޮމިޓީން މިހާތަނަށް 16 ބައްދަލުވުމެއް ބާއްވާފައިވޭ

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަހެޓަށް ބަހުސްކޮށް ނިންމާލައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރެއްވުމަށް މެމްބަރުން ހޭދަކުރައްވާފައިވަނީ ޖުމްލަ 16 ގަޑިއިރުއާ 54 މިނެޓްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ބަޖެޓަށް ބަހުސް ކުރައްވާފައިވަނީ 76 މެމްބަރުންނެވެ. ކޮންމެ މެމްބަރަކަށް 15 މިނެޓްގެ މަގުން ބަޖެޓް ބަހުސަށް ކަނޑައަޅާފައިވަނީ 21 ގަޑިއިރުއެވެ. ބަޖެޓް ބަހުސްގައި ބައިވެރިވެ ވަޑައިނުގަންނަވަނީ މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައި ތިއްބެވި ދެ މެމްބަރުންނާއި ރިޔާސަތު ފިޔަވައި 7 މެމްބަރެއް ކަަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން މިހާތަނަށް އާއިރު ބަޖެޓް ދިރާސާކުރާ ކޮމިޓީން 16 ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Advertisement

ނަޝީދު ވިދާޅުވީ ބަޖެޓްގެ ބަހުސް ކަންތައްތައް ދަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިންކަމަށެވެ. އެގޮތުން ބަޖެޓް ބަހުސް ކުރިޔަށްގެންދަންވާނީ ބަޖެޓް ހުށަހަޅާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތު ދިނުމަށްފަހު ކަމަށް ގަވާއިދުގައި ބުނާގޮތުގެ މަތިން ބަޖެޓަށް ބަހުސް ފަށާފައިވަނީ 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހުކަމަށް ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ހުށަހެޅުއްވީ މި ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހު އެވެ. ބަޖެޓަށް ބަހުސްކުރައްވަން ފެއްޓެވީ 12 ނޮވެމްބަރުގައެވެ.

ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން

ބަޖެޓްގެ ބަހުސް ހިނގަމުންދާ ވަގުތު އާންމު ކޮމިޓީން ނިންމާފައިވާ ގޮތުގެމަތިން 45 މިނެޓްގެ ވަގުތެއް ފިނޭންސް މިނިސްޓަރަށް ވަނީ ފުރުސަތު އަރުވާފަ އެވެ. އަދި ބަޖެޓަށް ބަހުސްކުރައްވަމުން މެމްބަރުން ދެއްކެވި ވާހަކަފުޅުގެ ޔައުމިއްޔާ މިއަދު ބަޖެޓް ކޮމިޓީއަށް ފޮނުވުމަށް އިދާރީ މޭޒުން މަސައްކަތް ކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން ބަޖެޓް ދިރާސާކުރާ ކޮމިޓީން ކޮމިޓީ ރިޕޯޓް ދައުރު ނިމުމުގެ 7 ދުވަސް ކުރިން ހުށަހަޅަންޖެހޭ ކަމަށް ގަވާއިދުގައި ބުނާއިރު ކޮމިޓީ ރިޕޯޓަށް ބަހުސްކުރުމަށް ކޮންމެ މެމްބަރަކަށް 7 މިނެޓްގެ ފުރުސަތެއް ދެވިގެންދާނެ އެވެ. އެބަހުސް ނިމުމުން ބަޖެޓަށް ވޯޓަށް އެހޭއިރު ރައީސް ނަޝީދު ވިދާޅުވީ މިދައުރު ނިމުމުގެ ކުރިން ބަޖެޓް ފާސްކުރަންޖެހޭ ކަމަށެވެ. އަދި ބަޖެޓްގެ ހުރިހާ ކަމެއް ނިންމޭއިރު ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހާ ހިސާބަށް ދާނެކަމަށް ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް