Advertisement
ކ. މާލެ
|
19 ނޮވެންބަރ 2019 | އަންގާރަ 15:40
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދަ ހޯދަން އެންމެ ފޯމު ސެޓަކުން މިހާރު ފުދޭ!
ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދަ ހޯދަން މީގެ ކުރިން 8 ކޮޕީ ހުށަހަޅަންޖެހޭ
ގެނެވުނު އިސްލާޙާއެކު ހުއްދަ ހޯދަން ބޭނުންވާނީ އެންމެ ފޯމު ސެޓެއް

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދަ ހޯދުމަށް ދެން ބޭނުންވާނީ އެންމެ ފޯމު ސެޓެއް ކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.

އަންގާރަ ދުވަހުގެ މެންދުރު ސުުޕްރީމް ކޯޓުގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ކޮށްފައިވާ ޓުވީޓެއްގައިވަނީ، ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓަށް ހުއްދައަށް އެދި ހުށަހަޅާ މައްސަލަތައް ހުށަހަޅާއިރު ފޯމާއި ލިޔުންތަކުގެ އަޞްލު (އެއް ސެޓް) ގެ އިތުރުން، އިތުރު ކޮޕީއެއް ހުށަހަޅަން ނުޖެހޭ ގޮތަށް މައްސަލަ ބަލައިގަތުމަށް ނިންމައިފިނަމަ، ރަޖިސްޓްރާރ އަންގާ އަދަދެއްގެ ކޮޕީ ހުށަހަޅަންޖެހޭ ގޮތަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ.

Advertisement

މި ނިންމުމާއިއެކު ކުރިން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭއިރު ، ހުއްދައަށް އެދޭ ފޯމާއި އެއާއި އެކު ހުށަހަޅާ ލިޔުންތަކުގެ 8 ކޮޕީ ހުށަހަޅާކަށް ނުޖެހޭނެއެވެ. މީގެ ކުރިން މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭއިރު މައްސަލަ ހުށަހަޅާ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަޞްލުގެ އިތުރުން ތިން ކޮޕީ ހުށަހަޅަންޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް