Advertisement
ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 16:09
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުން
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުން
ޔޫސުފް ސޮފްވާން ރަޝީދު
އަފްރާޝީމް އަލީގެ މަރު
އަފްރާޝީމްގެ މަރުގެ ރިޕޯޓް ކޮމިޓީން ދިރާސާ ކުރަނީ
ރިޕޯޓްގައި ހުރި ކަންކަން ދިރާސާ ކުރުމަށް ވަނީ ސަބްކޮމިޓީއެއް އެކުލަވާލާފައި

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއި ގުޅޭ ގޮތުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން ދިރާސާ ކުރަން ނިންމައިފިއެވެ.

ހޯމަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުން ވަނީ ރިޕޯޓްގައި ހިމެނޭ ކަންތައް ތަކުގެ ތެރެއިން ހަތް ކަމެއް ދިރާސާކުރުމަށް ހުށަހަޅުއްވާފައެވެ.

އެކަންކަން ދިރާސާ ކުރުމަށްޓަކައި ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދާ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ސަބް ކޮމިޓީއެއް އެކުލަވާލާފައެވެ.

Advertisement

ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، ފަރެސް މަތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.

އަދި ކޮމިޝަނުން ނެރުއްވާފައި ރިޕޯޓާއި މެދު މަޝްވަރާކުރަމުން ދާއިރު ރިޕޯޓުގައި ނަން ހިމަނުއްވާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ތަނާޒުލްވެ ވަޑައިގަތުމަށް ކޮމިޓީގައިގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް