Advertisement
ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 11:26
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން
ރާއްޖެ އެމްވީ
އެމްޑީޕީ
ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް އެމްޑީޕީ ޕީޖީން ފާސްކޮށްފި
އެގޮތަށް ނިންމީ ހޯމަ ދުވަހު ބޭއްވި ޕީޖީ ބައްދަލުވުމުގައި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރުމަށް ފެންނަކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

ރާއްޖެ.އެމްވީ އަށް އެނގިފައިވާ ގޮތުން އެމްޑީޕީ ޕީޖީން އެކަން އެހެން ނިންމާފައިވަނީ މަޖިލީސް ކުރިޔަށް ދިޔައިރު ބޭއްވި ބައްދަލުވުމެއްގައެވެ.

Advertisement

އުއްތަމަ ފަނޑިޔާރު އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރަން އެމްޑީޕީގެ ޕީޖިން ފާސްކޮށްފައިވާއިރު، މިހާރު ކުރެވެމުންދާ އެ މައްސަލައިގެ ބަހުސްގައި ދެ ފަނޑިޔާރުން ވަކިކުރަން ތާއިދުކޮށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް ތާއިދުކޮށްފައެވެ. އެކަމަކު އިދިކޮޅު މެމްބަރުން އެކަމާއި މުޅިން ދެކޮޅެކެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ދެ ފަނޑިޔާރުން މަގާމުގެ މަސްއޫލިއްޔަތުން ދުރުކުރުމަށް ނިންމާފައިވަނީ، ޖޭއެސްސީން ތަހްގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ދެ ބޭފުޅުން މަސައްކަތުން ވަގުތީ ގޮތުން ދުރުކުރަންޖެހޭ ކަމަށް ފެންނާތީ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް