Advertisement
ކ. މާލެ
|
18 ނޮވެންބަރ 2019 | ހޯމަ 10:15
ރައީސް ނަޝީދު އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ރައީސް ނަޝީދު އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
މަޖިލިސް
ރައްޔިތުންގެ މަޖިލީސް
ފަނޑިޔާރުން ވަަކިކޮށްފައި ހުރީ ހުތުރު ގޮތަކަށް، އެކަން ބަދަލު ކުރާނަން: ރައީސް ނަޝީދު
ރަސްކަލުންގެ ދުވަސްވަރު ފަނޑިޔާރުންނާއި ދޭތެރޭ ކަންތައް ކުރި ގޮތަށް އަލިއަޅުވައިލެއްވި
ފަނޑިޔާރުން ވަކިކޮށްފައިވާގޮތުގެ ކުރު ތަފްސީލެއް މެމްބަރުންނަށް އެރުއްވި
ފަނޑިޔާރުންގެ ބާރު ކެނޑިފައި އޮތުމަށް ފަހު 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއާއެކު ފަނޑިޔާރުންނަކީ ބާރުވެރި މުސްތަގިއްލު ބަޔަކަށް ވެފައިވޭ

ވޭތުވެދިޔަ ދުވަސްތަކުގައި ފަނޑިޔާރުން މަގާމުން ވަކިކޮށްފައި ހުރީ ހުތުރު ގޮތަކަށް ކަމަށާއި، އެކަން ބަދަލުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި، އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ރަސްކަލުންގެ ދުވަސްވަރު ފަނޑިޔާރުން ވަކިކޮށްފައިވާގޮތުގެ ކުރު ތަފްސީލެއް މަޖިލީހުގެ މެމްބަރުންނަށް އަރުވާފައެވެ.

Advertisement

ނަޝީދު ވިދާޅުވީ، ރާއްޖެއަކީ ރަސްރަސްކަލުންގެ ލިސްޓަށްވުރެ ފަނޑިޔާރުންގެ ލިސްޓު ދިގު ހަޟާރަތެއް އޮތް ގައުމަށް ކަމަށެވެ. ޒަމާންތަކެއް ކުރިން ފަނޑިޔާރުން ވަކިކޮށްފައިވާ ގޮތް ބަޔާންކޮށްދެއްވަމުން ނަޝީދު ވިދާޅުވީ، ބައެއް ފަނޑިޔާރުން ވަކިކޮށްފައިވަނީ ރަދުން ބާލުވާ އޮޑީގެ ބަނޑުފިލާ ދަށުގައިލާފައި ކަމަށާއި، ކަފަ ބަނދެ އަންދައިގެންވެސް ފަނޑިޔާރުން ވަކިކޮށްފައި އެބަހުރި ކަމަށެވެ.

ސިރާޖުއްދީން ފަނޑިޔާރު އެ ފަނޑިޔާރަށް ކޮށްފައިވާ އަނިޔާ ފަހުން ލިޔުއްވާފައި އޮތް އިރުގައި ތެޅި އަދަދާއި އަދި ލަކުނުގެ އަދަދަށް ދަންދެން ކިޔުއްވާފައި އެބަހުރި.
މުހައްމަދު ނަޝީދު ~ ރައްޔިތުންގެ މަޖިލީހުގެ ރައީސް ~

އެމަނިކުފާނު ވިދާޅުވީ، އޭރު ފަނޑިޔާރުންގެ ބާރު ކެނޑިފައި އޮތުމަށް ފަހު 2008 ވަނަ އަހަރުގެ ގާނޫނު އަސާސީއާއެކު ފަނޑިޔާރުންނަކީ ބާރުވެރި މުސްތަގިއްލު ބަޔަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ގާނޫނު އަސާސީއަށް އައި ބަދަލުތަކާއި، އެކި ސަބަބުތަކާއި ހުރެ ފަނޑިޔާރުން މަގާމުން ވަކިކުރި އައި ކަމަށް ވިދާޅުވިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހިމެނިވަޑައިގަންނަވާ ނަޝީދު ވިދާޅުވީ، ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅަން ޖެހޭނީ ގާނޫނު އަސާސީގެ އިޖުރާއަތްތަކުގެ ތެރެއިން ދީނުގެ އުސޫލުތަކާއި ޑިމޮކްރެޓިކް އުސޫލުތަކުން ކަމަށެވެ.

ފަނޑިޔާރުން ވަކި ކުރާނީ ގާނުނާއި އެއްގޮތް ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، 19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ދެ ފަނޑިޔާރެއް މަގާމުން ވަކިކުރަން ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް