Advertisement
ކ. މާލެ
|
17 ނޮވެންބަރ 2019 | އާދީއްތަ 17:29
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޙުސައިން ޙަސަން
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝަހީމްގެ އިންޒާރެއް : އަބުރުކަތިލާ ތިޔަ އެޅީ ވެރިކަން ނިމުމުގެ ބިންގާ ކަމަށް ވެދާނެ
ޝަހީމްގެ ދެއްވާފައިވަނީ އެންމެ ސައްހަ މައުލޫމާތުތައް ނޫން ކަމަށް ރިޕޯޓުން ބުނޭ
ރިޕޯޓުގައި ޝަހީމް އަށް ތުހުމަތު ތަކެއް ކުރެވޭ ކަމަށް ބެލެވޭ

އޭނާގެ އަބުރު ކަތިލުން އެއީ ވެރިކަން ނިމުމުގެ ބިންގާ ކަމަށް ވެދާނެ ކަމަށް ވިދާޅުވެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

Advertisement

ޝަހީމް ސަރުކާރަށް އިންޒާރު ދެއްވާފައިމިވަނީ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅޭ ގޮތުން މަރު ކޮމިޝަނުން އެކުލަވައިލި ރިޕޯޓާއި ގުޅިގެންނެވެ. މަރު ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ މައުލޫމާތުތަކަކީ އެންމެ ސައްހަ މައުލޫމާތު ނޫން ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ދީނީ ހިޔާލުވުން ތަކެއްގެ ތެރޭގައި ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އާދިއްތަ ދުވަހު ޝަހީމް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ސަރުކާރަށް ރައްދުވާ މޭރުމުން ސުވާލެއް ކުރައްވާފައެވެ. ސަރުކާރަށް އެއް އަހަރުވެފައިވާއިރު، އެކަމާއި ގުޅުވައިގެން ޝަހީމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި ކަންބަޅި ބަކަރިއަކަށްވީ އޭނާތޯ ސުވާލު އުފައްދަވާފައެވެ.

އަދި އޭނާގެ އަބުރު ކަތިލައިލުމަކީ ވެރިކަން ނިންމުމުގެ ބިންގަލަށްވެސް ވެދާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި '' ތިޔަ ދެއްވަނީ އެންމެ ބޮޑު އަނިޔާ'' ކަމަށް ޓްވީޓް ނިންމަވާލައްވަމުން ޝަހީމް ވިދާޅުވިއެވެ.

ފުރަތަމަ ޓްވީޓް ކުރެއްވުމަށް ފަހު އިރުކޮޅަކުން ޝަހީމް ވަނީ އެ ޓްވީޓް ޑިލީޓްކުރައްވާފައެވެ. އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ޝަހީމް ވަނީ ހަމަ ކުރިން ލިޔުއްވެވި ޖުމްލަތައް ލިޔުއްވާފައި ޓްވިޓް ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
17 ނޮވެންބަރ 2019 | އާދީއްތަ 19:46
ރެކިފުތާ
ހާދަވަރެކޭ ތި އަރުވަނީ ވެރިކަމާހެދި. ތިޔަކަހަލަ ހަ އްދުފަހަނަ އެޅި މީހަކަށް ވެރިކަމާ ގާތަށްވެސް ނާދެވޭނެ.
17 ނޮވެންބަރ 2019 | އާދީއްތަ 17:53
ޢެދުރު ހަސަން.
މިހިރަ އިންސާނާ. ކޮސްނުގޮވަބަލަ. މިއުޅެނީ ކަލޭމެންގެ ވެރިކަމުގައި މީހަކު ކަތިލައިގެން. ކަތިލީބަޔަކު އިންސާ ފުގެ ކުރިމައްޗައް ނުގެނެވިގެން. ޝަހީމުވެސް ތިއުޅެނީ މަރު ކޮމިޝަނައް ދޮގުމައުލޫމާތު ދީ ފަ ފިލައިގެން.
17 ނޮވެންބަރ 2019 | އާދީއްތަ 17:52
ސަނީ
ކަލޯތަ ވެރިކަން ދެމެހެއްޓުމާއި ވެރިކަން ދެމިއޮތުމުގެ ބާރުވެރި ފަރާތަކީ؟؟؟ ކީއްވެ ދހޮގު ބަޔާން ދިނީ؟ ކޮންކަމަކުން ރެކިގަންނަންބާ!
17 ނޮވެންބަރ 2019 | އާދީއްތަ 17:36
?
ދިގު އަބުރެ ތީ