Advertisement
ކ. މާލެ
|
16 ނޮވެންބަރ 2019 | ހޮނިހިރު 15:44
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
އައިޖީއެމްއެޗް
ތުއްތު ދެ ކުދިން ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން: އައިޖީއެމްއެޗް
ޕްރިނޭޓަލް މަރުގެ ފުރިހަމަ ތަހުގީގެއް ކުރިއަށް ގެންދޭ
މިމަހުގެ ތެރޭގައި ތުއްތު 08 ކުދިން މިވަނީ ނިޔާވެފައި
ގިނަ ބައެއްގެ ފާޑު ކިޔުން އައިޖީއެމްއެޗްއަށް ވަނީ އަމާޒުވެފައި

ތުއްތު ދެ ކުދިން ނިޔާވެފައިވާ ކަމަށް ބެލެވެނީ ވިހެއުމުގެ ކުރިން ކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން ބުނީ ހުކުރު ދުވަހާއި، ހުކުރު ދުވަހުގެ ރޭ ހޮސްޕިޓަލުގައި ވިއްސި ކުދިންގެ ތެރެއިން ތުއްތު ދެއްކުއްޖަކު ނިޔާވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އައިޖީއެމްއެޗުން ބުނީ މިފަދަ ޕެރިނޭޓަލް މަރުގެ ފުރިހަމަ ތަހުގީގެއް އެ ހޮސްޕިޓަލުން އަބަދުވެސް ކުރިއަށް ގެންދާ ކަމަށާއި، ޕެރިނޭޓަލް/ޕޯސްޓް ނޭޓަލް ކޮންމެ މަރެއްވެސް ހޮސްޕިޓަލުގެ ތެރޭގައި ތަހުގީގު ކުރާ ކަމަށެވެ.

Advertisement

މީގެ އިތުރުން މިނިސްޓްރީ އޮފް ހެލްތްގެ ކަމާއިބެހޭ ކޮމިޓީއިން، ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން މި މައްސަލަ ބަލަމުންދާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗްއަށް ވިހަން ގެންދިޔަ މާބަނޑު އަންހެނުންގެ ތެރެއިން ތިން މީހަކު ވިހޭ ތިން ކުއްޖަކު ނިޔާވި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި މިމައްސަލައާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނުރުހުންފާޅުކޮށް އައިޖީއެމްއެޗްއަށް ފާޑު ކިޔަމުންނެވެ. މިފަހަކަށް އައިސް ވިހާތަނުން ކުއްޖާ ނިޔާވި މައްސަލަތައް ގިނަވެފައިވާއިރު، މިމަހުގެ ތެރޭގައި އަށް ކުދިން ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް