ކ. މާލެ
|
11 ނޮވެންބަރ 2019 | ހޯމަ 13:42
ޠޫފާނުގައި ކޯރެއްގައި ފެންބޮޑުވެ ބްރިޖަކަށް ބޮޑެތި ގެއްލުން ލިބުނު
ޠޫފާނުގައި ކޯރެއްގައި ފެންބޮޑުވެ ބްރިޖަކަށް ބޮޑެތި ގެއްލުން ލިބުނު
އެންޑީޓީވީ
ޠޫފާން ބުލްބުލް
ޠޫފާން ބުލްބުލް: އިންޑިއާއާއި، ބަންގްލަދޭޝުން 20 މީހުން މަރުވެ އެތައް މިލިއަން މީހުން ޙާލުގައި ޖެހިއްޖެ
ޠޫފާނުގައި ބަންގްލަދޭޝުން 8 މީހުން މަރުވި
އިންޑިއާގައި 12 މީހުން މަރުވެ އެތައް މިލިއަން މީހުން ޙާލުގައި ޖެހުނު
ޠޫފާނުގައި އުމްރާނީ ބޮޑެތި ގެއްލުންތައް ލިބި، ދެޤައުމުގެ ދަނޑުގޮވާން ބިންތަކައް ހަލާކުވި

އިންޑިއާއާއި ބަންގްލަދޭޝްގެ އައްސޭރިފަށަށް އަރައިގެން އުޅޭ ޠޫފާން ބުލްބުލްގައި ކުރިމަތިވި ތަފާތު އެކި ޙާދިސާތަކުގައި 20 މީހުން މަރުވެ އެތައް މިލިއަން މީހުން ޙާލުގައި ޖެއްހިޖެއެވެ.

ބައިނަލް އަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ގަދަ ވަޔާއި ބޯ ވިއްސާރައާއި އެކު ހޮނިހިރު ދުވަހު އެރި މި ޠޫފާން ބުލްބުލްގައި އިންޑިއާއިން 12 މީހުން އަދި ބަންގްލަދޭޝުން 8 މީހުން މަރުވެފައިވެއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ވަޔާއެކު ވެއްޓުނު ގަސްތައް ދަށުގައި ނުވަތަ ގޭތެރޭގައި ތާށިވެގެންނެވެ.

އިންޑިއާ:

އިންޑިއާގައި ޠޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރީ ވެސްޓް ބެންގާލް، ކަލްކަތާ އަދި އޮޑިއްޝާ ސްޓޭޓަށެވެ. 120 ކިލޯމީޓަރުގެ ބާރުގައި އެސްޓޭޓްތަކަށް އެރި މިޠޫފާނުގައި ކުރިމަތިވި ތަފާތު އެކިޙާދިސާގައި 12 މީހުން މަރުވެ ވިހި މީހުން ޒަޚަމްވިއެވެ. ޠޫފާނުގައި ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ތަފާތު އެކި ޙާދިސާގައި ހާލުގައި ޖެހި، 120 ހާސް މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާކަމަށް އިންޑިއާގެ ކާރިޘާތަކާއި ބެހޭ މައި އިދާރާއާއި ޙަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓު ކުރެއެވެ. ޠޫފާނު ބުލްބުލްގައި އިންޑިއާގެ ކަނޑުގެ އައްސޭރިފަށުގައި ހިމެނޭ އަވަށްތަކަށް ބޮޑެތި ގެއްލުންތައްވެ، އަދި ދަނޑުގޮވާން ބިންތަކުގައި ފެންބޮޑުވެ ގިނަ ޢަދަދެއްގެ ދަނޑުގޮވާން ހަލާކުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ބަންގްލަދޭޝް:

ޠޫފާން ބުލްބުލްގައި ބަންގްލަދޭޝްއިން 8 މީހުން މަރުވި ކަމަށް މިހާތަނަށް ވަނީ ކަށަވަރުވެފައެވެ. ޠޫފާނުގެތެރޭގައި މަހަށް ނިކުމެ އުޅުނު އުޅަނދެއްގައި ތިބި ފަސްމީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. ޠޫފާނުގައި އެންމެ ބޮޑެތި ގެއްލުންތަައްވެފައިވަނީ ބަންގްލަދޭޝްގެ ބަނދަރުމަތީ ރަށެއްކަމުގައިވާ ޚުލްނާއަަށެވެ. ޠޫފާނުގައި މެދު ނުކެނޑި ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެރަށުގެ މެގްނާ ކޯރު ފުރި ބަންޑުންވެ، ކޯރުގެ އައްސޭރިފަށުގައިވާ 4،000 އަށް ވުރެ ގިނަ ގެ ވަނީ ހަލާކުވެފައެވެ. ބަންގްލަދޭޝްގެ ޑިޒާސްޓަރ މެނޭޖްމެންޓް ސެކްރެޓަރީ ޝާހް ކަމާލްއާއި ޙަވާލާދި ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އެޤައުމުގެ ބިންތިރި ޞަރަޙައްދުތަކުގައި ފެންބޮޑުވެ، ކުރިމަތިވި ބިންގަޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކާއި ގުޅިގެން އެޤައުމުގެ 2.1 މިލިއަން މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. ޠޫފާން ބުލްބުލްގެ ބާރު ދެރަވެ، ވާރޭވެހުން ހުއްޓާލި ނަމަވެސް، ބަންގްލަދޭޝް ސިފައިންނާއި ވޮލަންޓިއަރުން އަދިވެސް ދަނީ ބަނދަރުމަތީ އަވަށްތަކުގައި ދިރިއުޅެ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

- ކޮމެންޓް