Advertisement
ކ. މާލެ
|
7 ނޮވެންބަރ 2019 | ބުރާސްފަތި 17:56
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
މާބިން ހުރާގެ މައްސަލާގައި އަދީބަށް ކުރި ދައުވާ ބާތިލްކޮށްފި
މައްސަލަ ބާތިލް ކުރީ ބަލަތް އިތުރު ތަނެއް ނުފެންނާތީ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލްއަފޫރުގެ މައްޗަށް ޅ. މާބިން ހުރާގެ މައްސަލާގައި އުފުލި ދައުވާ އިސްތިއުނާފުގެ މައްސަލަ ބާތިލްކޮށްފިއެވެ. އެ މައްސަލަ ބާތިލް ކޮށްފައިވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަުން މައްސަލަ އަނބުރާ ނެގުމުންނެވެ.

ސުޕްރީމް ކޯޓުން ބުނީ, އެ މައްސަލަ ބާތިލް ކުރީ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތް ކަމަށް ފެންނާތީ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ވަނީ މައްސަލައިގެ ފޯމް ބާތިލްކޮށްފައެވެ.

ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީ އިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެ ކުންފުނިން އެމްއެމްޕީއާރުސީ އަށް ދިން ފަސް މިލިޔަން ޑޮލަރަށް (77 މިލިއަން ރުފިޔާ) ޚިޔާނާތްތެރިވި މައްސަލައިގައި އަދީބު އަށް އިއްވާފައިވާ އަށް އަހަރުގެ ހުކުމެވެ.

Advertisement

އެހުކުމް ބާތިލް ކުރުމަށް ފަހު ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓުގެ މައްޗަށް އަންގާ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އަދީބަށް ދައުވާ ކޮށްފައިވަނީ ނުފޫޒުން އެއްކިބާވެފައިވާ ގޮތަށް ތަހުގީގު ކުރުމަކާ ނުލައި މިހާރު ދައުވާކުރެވިފައިވާ ގޮތުގެ މަތިން އިތުރަށް ކުރިއަށް ގެންދިއުން ގާނޫނީ ހަމަތަކުގެ މަތިން ސައްހަ ވެގެން ނުވާ ކަމަށް އެކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށް ބުނެ އެމައްސަލަ ޕީޖީއަށް އަނބުރާ ފޮނުވާލާފައެވެ.

ޚިޔާނާތުގެ މައްސަލަ ހިމެނޭގޮތަށް އަދީބަށް ކުރި 13 މައްސަލައެއްްގެ ދައުވާއާއި ލޯންޗުކޮޅު މައްސަލައިގައި އޭނާއަށް ކުރި 15 އަހަރުގެ ހުކުމް ބާތިލްކުރުމަށް ފަހު އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އެންގި އެންގުން ނުބެލުމަށް އެކޯޓުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް